މިދިޔަ މަހަކީ ރެކޯޑްތަކަށް ބަލާއިރު މުޅި ދުނިޔޭގައި ވެސް މިހާތަނަށް އެންމެ ހޫނު ގަދަވި ޖޫން މަސް ކަމަށް ޔޫރަޕިއަން ޔުނިއަންގެ މޫސުމާބެހޭ އިދާރާ ކޮޕަނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ3އެސް) އިން ބުނެފި އެވެ.
މިދިޔަ މަހަކީ ރެކޯޑްތަކަށް ބަލާއިރު މުޅި ދުނިޔޭގައި ވެސް މިހާތަނަށް އެންމެ ހޫނު ގަދަވި ޖޫން މަސް ކަމަށް ޔޫރަޕިއަން ޔުނިއަންގެ މޫސުމާބެހޭ އިދާރާ ކޮޕަނިކަސް ކްލައިމެޓް ޗޭންޖް ސާވިސް (ސީ3އެސް) އިން ބުނެފި އެވެ.
އެ އިދާރާއިން ބުނީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ މަހަކު ވެސް އެ މަހެއްގެ ރެކޯޑް ހޫނުމިން މަތިވަމުން ގޮސް އެގޮތަށް 13 މަސް ދުވަސް ހޭދަވި ކަމަށެވެ.
"މިއީ ތަފާސްހިސާބުތަކުގެ އާދަޔާ ހިލާފު އިއްތިފާގަކަށްވު މާ ބޮޑު ކަމެއް. މިއީ މޫސުމަށް އަންނަމުންދާ ބޮޑު ބަދަލެއް ދައްކައިދޭ ކަމެއް،" ސާވިސް ޑިރެކްޓަރު ކާލޯ ބުއޮންޓެމްޕޯ ވިދާޅުވި އެވެ.
"ކޮންމެ މަހެއްގެ މި މަތިވުން ކޮންމެވެސް ހިސާބަކުން ނިމުމަކަށް އަޔަސް މޫސުމަށް މި އަންނަމުންދާ ބަދަލުތަކާ ހެދި ، ދުނިޔެ ހޫނުވުމުގެ ރެކޯޑްތައް އަދިވެސް ފެންނާނެ."
އޭނާ ވިދާޅުވި ގޮތުގައި މިއީ ޖައްވު ހޫނުވުމަށް މެދުވެރިވާ މާއްދާތައް ބޭރުކުރަމުންދާހާ ހިނދަކު ނުވެ ނުދާނެ ކަމެކެވެ.
މިދިޔަ އަހަރުގެ ޖޫން މަހަކީ މިހާތަނަށް ރެކޯޑް ކުރެވިފައިވާ އެންމެ ހޫނު ޖޫން މަސް ކަމަށް އޮތީ ވެފަ އެވެ. އެކަމަކު މި އަހަރުގެ ޖޫން މަހުގެ ހޫނުމިން އެއަށްވުރެ ވެސް މަތިވެ، މިއީ އެންމެ ހޫނު ޖޫން މަސް ކަމުގައި މިހާރު ވަނީ ރެކޯޑް ކުރެވިފަ އެވެ.
އެކަމަކު މި އަހަރު ވެފައި ވަނީ މޫސުމީ އެކި ހާލަތްތަކުގައި އާދަޔާ ހިލާފް ރެކޯޑްތައް ފެނުނު އަހަރަކަށެވެ. ބައެއް ގައުމުތަކުގައި އާދަޔާ ހިލާފަށް ހޫނު ގަދަވި އިރު ވިއްސާރަވެ ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާތައް ވެސް ވަނީ ހިނގައިފަ އެވެ.
މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާ އާއި ސައުދީ އަރަބިއްޔާ އާއި އެމެރިކާ އަދި މެކްސިކޯގައި ވެސް އާދަޔާ ހިލާފަށް ހޫނު ގަދަވެ އެތައް ބަޔަކު މަރުވެފައިވެ އެވެ. -- އޭއެފްޕީ
ގަދަ ހޫނުން ފިހެނީ، މޫސުމީ ނުރައްކާ އޮތީ ކުރިއަށް!
އާދަޔާ ހިލާފަށް ދުނިޔެ ހޫނުވާ ސަބަބު ބުނެދޭކަށް ނޭނގެ
މިއަންމާގައި ހޫނުމިން 48.2 ޑިގްރީ ސެލްސިއަސް އަށް
ގަދަ ހޫނާ ހެދި ބަންގްލާދޭޝްގެ ސްކޫލްތައް ބަންދުކޮށްފި
މުޅި އޭޝިއާ ގަދަ ހޫނުގައި ފިހެނީ
މިހާތަނަށް އެންމެ ހޫނު އަހަރު: 2023
ބާރަ ދުވަސް، 10 ސަރަހައްދެއްގައި ފެން ބޮޑުވެއްޖެ
ބާރުގަދަ ތޫފާން ހައިކުއި ތައިވާނަށް އަރަނީ
ސައެންސްވެރިން ކުރި އިންޒާރު ތެދަކަށް ވެއްޖެ
އެންޓާޓިކާ އިން އާޖެންޓީނާ ވަރުގެ ގަނޑުފެން ނެތިއްޖެ