Roadha Mihaaru
ކުޑަކުއްޖަކާ "ބެހިގެން" 61 އަހަރުގެ މީހަކު ހައްޔަރު

12 އަހަރުގެ ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ދުވަސްވީ މީހަކު ހައްޔަރުކޮށްފި

02 މެއި 2024

އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ތެރޭގައި ހިމެނޭ ރަަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ތެރޭގައި ހިމެނޭ ރަަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 61 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި އެ މީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ. އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން ތަހުގީގު މަރުހަލާ ނިމެންދެން ބަންދު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެ މައްސަލަ ފެންމަތިވި ރަށުގައި އާންމުންގެ ބަޔަކު އެ ރަށު ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މީހާހައްޔަރު ކުރަން ގޮވާލައި ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.