Roadha Mihaaru
ދަރުމަވަންތަ މަޝްރޫއަށް ޓެކްސް ދޭންޖެހުމުން ހައިކޯޓަށް

ދަރުމަވަންތަ ހޮސްޕިޓަލްގެ މަޝްރޫއަށް ދިވެހި ސަރުކާރުން ޓެކްސް ދޭންޖެހޭ މައްސަލަ ހައި ކޯޓަށް

02 މެއި 2024

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއާ ގުޅިގެން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަޝްރޫއާ ގުޅިގެން ދިވެހި ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް ސިވިލް ކޯޓުން ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް 140 މިލިއަން ޑޮލަރު (2.1 ބިލިއަން ރުފިޔާ) އަށް ހަވާލުކުރީ ޗައިނާގެ ޗަންގް ހުވާ ކޮންސްޓްރަކްޝަން ކުންފުންޏާ އެވެ. އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން މިދިޔަ މާޗް މަހު ނިންމީ އެ މަޝްރޫއާ ގުޅިގެން ޖީއެސްޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދައްކަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށެވެ. އަދި ޗަންގް ހުވާ ކުންފުނިން މިހާތަނަށް ޖީއެސްޓީގެ ގޮތުގައި ދައުލަތަށް ދެއްކި 227،000ރ. އަނބުރާ ދޭން އެ ހުކުމުގައި އަންގާފައިވެ އެވެ.

އެ ހުކުމް އިސްތިއުނާފް ކުރަން އެޓާނީ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގަ އެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން މަޝްރޫއުގެ އެއްބަސްވުމުގެ މާއްދާތައް ހުރިގޮތުން މަޝްރޫއު އަގުގެ ގޮތުގައި 140 މިލިއަން ޑޮލަރު ކަނޑައަޅާފައިވަނީ ޖީއެސްޓީގެ ފައިސާ ނުހިމެނޭ ގޮތަށް ކަމަށެވެ. އެހެންވެ، ޖީއެސްޓީ ދެއްކުމުގެ ޒިންމާ އުފުލަން ޖެހޭނީ ދިވެހި ސަރުކާރުން ކަމަށް އެ ހުކުމުގައިވެ އެވެ.