Roadha Mihaaru
ދިވެއްސަކު ގެނބެނިކޮށް ސަލާމަތްކުރީ ދެ ޓޫރިސްޓުން

ދިވެއްސަކު ގެނބެނިކޮށް ސަލާމަތްކުރި ބޭރުގެ ދެމަފިރިންގެ އަގު ވަޒަންކޮށްފި

04 މެއި 2024

ބ. އަތޮޅުގައި އޮންނަ ދުސިތު ތާނީ ރިސޯޓުގެ މުވައްޒަފަކު މޫދަށް ވެއްޓި، ގެނބެނިކޮށް އޭނާ ސަލާމަތްކުރި ރާއްޖެއިން ބޭރުގެ ދެމަފިރިއެއްގެ އަގު ވަޒަންކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބ. އަތޮޅުގައި އޮންނަ ދުސިތު ތާނީ ރިސޯޓުގެ މުވައްޒަފަކު މޫދަށް ވެއްޓި، ގެނބެނިކޮށް އޭނާ ސަލާމަތްކުރި ރާއްޖެއިން ބޭރުގެ ދެމަފިރިއެއްގެ އަގު ވަޒަންކޮށްފި އެވެ.

ބ. އަތޮޅު ފުލުހުންގެ ހިދުމަތުން ބުނީ އެ ރިސޯޓަށް ހަނީމޫނަށް ގޮސް އުޅޭ ޖޯޑަން ޑަނިލް ވަން ޑައިކާއި އޭނާގެ އަންހެނުންގެ އަގު ވަޒަންކުރީ މިދިޔަ މަހުގެ 28 ގައި ހިނގި ހާދިސާއެއްގައި ރިސޯޓުގެ މުވައްޒަފަކު ގެނބެނިކޮށް ސަލާމަތް ކުރުމުން ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ޑިއުޓީގައި ހުރި މުވައްޒަފަކު ވޯޓާ ވިލާއެއްގެ ޑެކުމަތިން މޫދަށް ވެއްޓި، އޭނާ ގެނބެމުން ދަނިކޮށް ފެނުނީ މި ދެމަފިރިންނަށެވެ. އަދި އެމީހުން ވަނީ އޭނާ ސަލާމަތްކޮށްފަ އެވެ.

ފުލުހުން ބުނީ ހިތާމަވެރި ހާދިސާއެއް ނުހިނގާ ސަލާމަތްވީ އެދެމަފިރިން އެވަގުތު ދެއްކި ގަދަ ހިތްވަރުން ކަމަށެވެ.

މުވައްޒަަފަކު ގެނބެނިކޮށް ސަލާމަތްކުރި ބޭރުގެ ޓޫރިސްޓެއްގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލައެއް ދެނީ.

މުވައްޒަަފަކު ގެނބެނިކޮށް ސަލާމަތްކުރި ބޭރުގެ ޓޫރިސްޓެއްގެ އަގުވަޒަންކުރުމަށް ހަނދާނީ ފިލައެއް ދެނީ.

އެހެންވެ، ދިވެހިންގެ ފަރާތުން އެ ދެމަފިރިންނަށް ޝުކުރު އަދާކޮށް ފުލުހުން ކުރި ޕޯސްޓުގައި ވަނީ އެމީހުން އެވަގުތު ނެގި އަވަސް ފިޔަވަޅުތަކުގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވީތީ ޝުކުރު އަދާކޮށްފަ އެވެ.

ބ. އަތޮޅު ފުލުހުން ވެސް ވަނީ އިއްޔެ އެ ރިސޯޓަށް ގޮސް އެ ދެމަފިރިންނާ ވެސް ބައްދަލުކޮށް، އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އެމީހުންނަށް ދީފަ އެވެ.