ދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
21 ޖުލައި 2021
ދ. އަތޮޅުގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އައި ޓޫރިސްޓަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ، ޔުކްރެއިންގެ އުމުރުން 32 އަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމުގެ ރިޕޯޓެއް މިއަދު މެންދުރު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ. އެހެންވެ، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ދ. އަތޮޅުގެ ރިސޯޓެއްގައި އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން އައި ރަޝިއާގެ ފަސް އަހަރުގެ ކުއްޖަކު ވެސް އިއްޔެ މަރުވެފައިވެ އެވެ. އެ ކުއްޖާ މަރުވީ، ސްވިމިންޕޫލަށް އެރި އުޅެނިކޮށް ދިމާވި ހާދިސާއަކާ ގުޅިގެން ކަމަށް ވާއިރު، ފ. ނިލަންދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ބުނެ އެވެ.
މަރުގެ މި ދެ ހާދިސާ ހިނގީ ދ. އަތޮޅުގެ ކޮން ރިސޯޓެއްގައި ކަމެއް ފުލުހުން ނުބުންޏެވެ. އެއީ އެއް ރިސޯޓެއް ކަމެއް ނުވަތަ ދެ ރިސޯޓެއް ކަމެއް ވެސް ނުބުނެ އެވެ.
މޫދަށް އެރި އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ރިސޯޓެއްގެ ޕޫލްގައި ކުއްޖަކު މަރުވެފައިއޮއްވައި ފެނިއްޖެ
ރިސޯޓެއްގައި ޗައިނާގެ ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
އެރިއަދޫރިސޯޓުގައި ޓޫރިސްޓަކު މަރުވެފައި އޮއްވާ ފެނިއްޖެ
ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި
އަނެއްކާވެސް ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ވެލިދޫ ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ
ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ޕެރަޑައިސް ރިސޯޓްގެ މޫދުގައި ޓޫރިސްޓަކު މަރުވެއްޖެ