Roadha Mihaaru
އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ

އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ

08 މެއި 2024

ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން، ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމައި، އެ މަޝްރޫއުގެ މަސައްކަތްތައް ފަށައިފި އެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން، ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމައި، އެ މަޝްރޫއުގެ މަސައްކަތްތައް ފަށައިފި އެވެ.

އަތޮޅު ވެރިކަން ކުރާ އޭދަފުށީގައި ހައުސިން ޔުނިޓް އެޅުމަށް ޓެކްނިކަލް އަދި ފައިނޭޝިއަލް ޕްރޮޕޯސަލް ހެދުމަށް މިއަދު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އެ މަސައްކަތް ހަވާލުކުރީ ސައިނޯހައިޑްރޯ ކޯޕަރޭޝަން ލިމިޓެޑާ އެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެމްޑީ ޕޭން ގުއާންޒޫ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ އިތުރުން އާބާދީ ބޮޑެތި އެހެން ގިނަ ރަށްތަކުގައި ވެސް ހައުސިންގެ ގިނަ މަޝްރޫއުތައް ހިންގަން ވަނީ ނިންމައިފަ އެވެ.