Roadha Mihaaru
ބިދޭސީންގެ ފިހާރަތައް ފާސްކޮށް ހަ މީހަކު ހިފަހައްޓައިފި

ބިދޭސީން ހިންގާ ފިހާރަތަކެއް ފާސްކޮށް އިތުރު ހަ މީހަކު ހިފަހައްޓައިފި

10 ޖުލައި 2024

މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން ބިދޭސީން ހިންގާ ކުދި ފިހާރަަތަކެއް ރޭ ފާސްކޮށް، އިތުރު ހަ މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންގެ ތެރެއިން ބިދޭސީން ހިންގާ ކުދި ފިހާރަަތަކެއް ރޭ ފާސްކޮށް، އިތުރު ހަ މީހަކު އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބިދޭސީން ހިންގާ ކުދި ރީޓެއިލް ފިހާރަ އަދި ޓޭކްއަވޭ ކޮފީ ޝޮޕްތަކުގެ ތެރެއިން ހަތަރު ތަނެއް ފާސްކޮށް ހަ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އިމިގްރޭޝަނުން ބުނީ ރޭ ހިފެހެއްޓީ ފަސް ފިރިހެނަކާއި އަންހެނަކު ކަމަށެވެ.

އެ އޮޕަރޭޝަންގެ ތެރެއިން މީގެ ކުރިން މާލެތެރޭގައި ހިންގާ ދެ މާރުކޭޓެއް ދެ ފަހަރެއްގެ މަތިން ރެއިޑްކޮށް، އެތަނުގެ ގޮޅިތަކުގައި ވިޔަފާރި ހިންގާ ބިދޭސީން އަތުލައިގެންފައިވެ އެވެ. އަދި ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ ބޮޑެއް މިިދިޔަ ހޯމަ ދުވަހުގެ ރޭ ހޯދައި، ވަނީ ހިފަހައްޓައިފަ އެވެ. އެ ބިދޭސީ މީހާއާ އެކު، އެ ސައިޓުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ތިން ފިރިހެނަކާއި އަންހެނަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ އެ ކަމަށް ފުރިހަމަ ހައްލެއް ނުލިބެނީސް ދޫނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އިމިގްރޭޝަނުން މި ފަހުން ފެށި އޮޕަރޭޝަނުން އެކަނި މިހާތަނަށް 70 ބިދޭސީން ވަނީ އަތުލައިގެންފަ އެވެ.