ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، މިހާރެކޭ އެއްގޮތަށް އެ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
09 މެއި 2024
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މެޑިސިން ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، މިހާރެކޭ އެއްގޮތަށް އެ ދަރިވަރުންގެ ކިޔެވުން ދަރުމަވަންތަ ހޮސްޕިޓަލުގައި ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
މެޑިސިން ކިޔަވާ ހުރިހާ ދަރިވަރުންގެ ކިޔެވުންތައް އެމްއެންޔޫގެ މެއިން ކެމްޕަހަށް ބަދަލުކުރަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެ ޔުނިވާސިޓީން ނިންމި އެވެ. އެހެންވެ، އެ ކަމުގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، އެމްއެންޔޫ އިން ނެރުނު ބަޔާނެއްގައި އޭރު ބުނީ މެޑިކަލް ސްކޫލް، ދަރުމަވަންތަ ހޮސްޕިޓަލްގައި 2018 ވަނަ އަހަރު ހިންގަން ފެށީ ވަގުތީ ގޮތުން ކަމަށެވެ.
އެމްއެންޔޫ އިން ބުނީ މެޑިކަލް ސްކޫލުގެ ކިޔެވުން އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ކަންކަން ފަސޭހަ ކުރުމަށް އިތުރު ޖާގަ ބޭނުން ވާތީ ކަމަށެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ ތައުލީމީ ކަންކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭނުންކުރަމުންދާ ޖާގަ ދޫކޮށްލަން ޖެހިދާނެ ކަމަށް އުފެދުނު ކަންބޮޑުވުންތަކަކާ ގުޅިގެން، އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއި ން ރައީސް މުއިއްޒުގެ އަރިހަށް މިދިޔަ މަހުގެ 23 ގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީއާ ގުޅިގެން މިދިޔަ މަހުގެ 26 ގައި ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވަނީ، ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކުގެ އިސްވެރިންނާއި ދަރިވަރުންގެ މަންދޫބުންނާ އެކު ރައީސް އޮފީހުގައި ބައްދަލުވުމެއް ބާއްވާފައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު: މެޑިސިން ސްކޫލްގެ ދަރިވަރުން ކިޔަވަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާ އެކު، ދިރާސާތައް ވެސް ކުރެވޭނެ ހާއްސަ އިމާރާތެއް ހެދުމަށް މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް އޮފީހުން ބުނި.
އެ ބައްދަލުވުމުގައި ކުރެއްވި މަޝްވަރާތަކަށް ފަހު، ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވައި، ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ދަތިކަމެއް ނާންނާނެ ގޮތުގެ މަތިން ކަންކަން ހަމަޖައްސަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒުގެ ފަރާތްޕުޅުން ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
"އެ ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންއާއި ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންގެ މަންދޫބުން ވަނީ މަތީ ތައުލީމު އުނގެނޭ ދަރިވަރުންގެ އަޑު ރައީސް އައްސަވާނެ ކަމާއި، ދަރިވަރުންގެ ހުށަހެޅުންތަކަށް އެންމެ ރަނގަޅު ހައްލެއް ހޯއްދަވައި ދެއްވަން އިސްކަން ދެއްވާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮތްކަމަށާއި، މިއަދު ރައީސް މި ނިންމެވި ނިންމެވުމުގެ ސަބަބުން އެ ޔަގީންކަން އިތުރަށް ކަށަވަރުވެ، ފުރިހަމަ އިތުބާރަކާ ބޮޑު ހިތްވަރެއް ލިބިގެން ގޮސްފައިވާ ކަމަށް ބުނެފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ކިޔަވާ ކުދިންނާ ގުޅުން ހުރި މިފަދަ ކޮންމެ ކަމެއްގައި، އަދި ސިއްހީ ހިދުމަތުގެ ހާލަތު ރަނގަޅު ކުރުމުގައި، ދައުލަތުގެ އާމްދަނީ އާއި ފުދުންތެރިކަމާއި ހާލަތު ތަންދިން ވަރަކުން، ވީ އެންމެ ހެޔޮ ބަދަލުތަކެއް ގެނެސް ދިނުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ގައުމީ ޔުނިވަސިޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން ތައުލީމު ހާސިލް ކުރަން ބޭނުންވާނެ ޒަމާނީ ވަސީލަތްތަކާ އެކު، ދިރާސާތައް ވެސް ކުރެވޭނެ ހާއްސަ ތައުލީމީ ބިނާއެއް ކުރުމަށް މިހާރު ވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ބަލިމީހުންނަށް ޖާގަ އާއި އެނދު އިތުރުކޮށް، ސިއްހީ އާ ހިދުމަތްތައް އެ ދެ ހޮސްޕިޓަލުގައި ތައާރަފް ކުރުމުގެ މަސައްކަތް ވެސް ޖާގަ އާއި ވަސީލަތްތައް ތަންދިން އެންމެ އެކަށޭނަ ގޮތަކަށް ހަލުވިކަމާ އެކު ކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދަރުމަވަންތަ ބޭނުންކުރެވޭނެ ކަމުގެ އުންމީދު އާވެއްޖެ
މާލޭގެ މައި 4 ހޮސްޕިޓަލްގެ ސްޕެޝަލިސްޓް އޯޕީޑީ ބަންދު
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ހެއްދުމުގެ ހިދުމަތް
ތަރައްގީ އަކީ ސިޔާސީ ކަމެއް ނޫން: ރައީސް