އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ އިން ފޯރުކޮށްދޭ "ޗައިލްޑް އެޑިއުކޭޝަން ތަކާފުލް" ގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
10 މެއި 2024
އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ އިން ފޯރުކޮށްދޭ "ޗައިލްޑް އެޑިއުކޭޝަން ތަކާފުލް" ގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ތައާރަފުކުރި މި ޕްރޮމޯޝަނުގައި މި ޕްލޭން އެންމެ ފުރަތަމަ ނަގާ 50 ކަސްޓަމަރުންގެ ފުރަތަމަ މަހުގެ ޕޭމަންޓުން 50 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.
ޕްރޮމޯޝަން އޮންނާނީ އަންނަ މަހުގެ ނިޔަލަށެވެ.
ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑް ގާއިމުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމށް އެލައިޑުން ބުންޏެވެ.
ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށް ފެށި މި ޕްރޮމޯޝަން އިއުލާނު ކުރުމަށް ބޭއްވި ރަސްމިއްޔަތުގައި އެލައިޑުން ވަނީ މިދިޔަ ފެބްރުއަރީ 25 އިން އޭޕްރީލް މަހުގެ 9 ވަނަ ދުވަހަށް ފޭސްބުކްގައި ބޭއްވި މަދަހަ މުބާރާތުގެ އިނާމު ވެސް ހަވާލުކޮށްފަ އެވެ.
މަދަހަ މުބާރާތުގެ އެއްވަނަ ދަރިވަރު ހަދީޖާ އަޒްކާ ބިންތް އާދަމްގެ ބައްޕަ އިނާމާ ހަވާލުވަނީ.
ކުޑަކުދިންނަށް ހާއްސަކޮށްގެން ބޭއްވި އެ މުބާރާތުން އެއްވަނަ ހޯދި ހަދީޖާ އަޒްކާ ބިންތް އާދަމަށް އެލައިޑުން ވަނީ ޓެންތް ޖެނެރޭޝަން އައިޕެޑެއް ހަވާލުކޮށްފަ އެވެ.
އިންޝުއަރެންސް ކުންފުނިތަކުން ކޭޝްލެސް ހިދުމަތް ފަށައިފި
ފައިސާ ދައްކަން ޖެހޭ ހާލަތުގައި އާސަންދަ ލިބޭނެ
އެލައިޑުން ކޭޝްލެސް ސާވިސް އަލުން ފަށައިފި
އެލައިޑުގެ ސޭލްސްއަށް 28 ޕަސެންޓުގެ އިތުރުވުމެއް
ތިން ނަސީބުވެރިންނަށް އެލައިޑުގެ ތިން ޕްލޭނެއް ދީފި
އާއްމުންނަށް ލައިފް އިންޝުއަރެންސާ ގުޅޭ މައުލޫމާތު ދެނީ
ޗައިލްޑް އެޑިއުކޭޝަން ޕްލޭނުން ޑިސްކައުންޓު ދޭ މުއްދަތު އިތުރުކޮށްފި
މެރިން ފޯރަމްގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް
ގޭހުގެ ސްޓޯރޭޖު ބޮޑު ކުރުމަށް އެލައިޑާއެކު ސޮއިކޮށްފި
ރޯދައަށް އެލައިޑުން ސޯޝަލް މީޑިއާ މުބާރާތްތަކެއް