Roadha Mihaaru
ގޭހުގެ ސްޓޯރޭޖު ބޮޑު ކުރުމަށް އެލައިޑާއެކު ސޮއިކޮށްފި

ގޭހުގެ ސްޓޯރޭޖު ބޮޑު ކުރުމަށް އެލައިޑާއެކު ސޮއިކޮށްފި

27 މެއި 2024

މޯލްޑިވް ގޭސްގެ މައި ޓާމިނަލް، ތިލަފުށީގައި އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކުންފުންޏާ އެކު އެކްސްޓާނަލް ފައިނޭންސިން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މޯލްޑިވް ގޭސްގެ މައި ޓާމިނަލް، ތިލަފުށީގައި އެލްޕީޖީ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކުންފުންޏާ އެކު އެކްސްޓާނަލް ފައިނޭންސިން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މޯލްޑިވް ގޭސް ކުންފުނިން ބުނީ، އެ މަޝްރޫއު ނިމުމުން މިހާރު 35 ދުވަހަށް ގޭސް ރައްކާ ކުރުމަށް ލިބިފައިވާ ގާބިލްކަން ގާތްގަނޑަކަށް ފަސް މަސް ދުވަހަަށް އިތުރު ވާނެ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވް ގޭހުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދެވެ. އެލައިޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް އެވެ.