Roadha Mihaaru
އިންޑިއާގެ ރޫޕޭ ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހަދަނީ

އިންޑިއާގެ ރޫޕޭ ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ހަދަނީ

14 މެއި 2024

އިންޑިއާގެ އިންޓަނޭޝަނަލް ކާޑު ޕޭމެންޓް ނެޓްވޯކް، ރޫޕޭ ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާގެ އިންޓަނޭޝަނަލް ކާޑު ޕޭމެންޓް ނެޓްވޯކް، ރޫޕޭ ރާއްޖޭގައި ބޭނުން ކުރެވޭ ގޮތް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު ވިދާޅުވީ، ކާޑު ރަސްމީކޮށް ބޭނުން ކުރަން ފެށުމުން ރާއްޖޭގައި ރުޕީ އިން ޕޭމެންޓްތައް ހެދެން ފަށާނެ ކަމަށެވެ.

"ރުޕީސް އިން ޕޭމެންޓް ހެދޭނެ ގޮތްތައް ބެލުމަށް މިދަނީ އިންޑިއާއާ އެކު ވާހަކަ ދައްކަމުން،" އޭނާ ވިދާޅުވި އެވެ.

ރޫޕޭ އަކީ އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އިން އިސްނަގައިގެން އުފެއްދި ހިދުމަތެކެވެ. ވޭތުވެދިޔަ ހަތް އަހަރު ރޫޕޭ އިންޓަނޭޝަނަލް ޕޭމެންޓްގެ ދަށުން އެކި ސެގްމެންޓްތަކަށް ހާއްސަ ކާޑުތައް ތައާރަފްކޮށްފައިވެ އެވެ.

އެ ކާޑު ދުނިޔޭގެ ގިނަ ގައުމުގައި ބޭނުން ކުރާ އިރު، ސަރަހައްދީ ބައެއް ގައުމުތަކާ އެކު ރޫޕޭ މެދުވެރިކޮށް ފަސޭހަކަމާ އެކު ޕޭމެންޓް ހެދޭނެ ގޮތްތައް އަންނަނީ އިންޑިއާ ސަރުކާރުން ތައާރަފްކުރަމުންނެވެ. މިދިޔަ އަހަރު އިންޑިއާގެ ސެންޓްރަލް ބޭންކް، އާރްބީއައި އިން ވަނީ ޔޫއޭއީ އާ އެކު ރޫޕޭ މެދުވެރިކޮށް ޕޭމެންޓް ހެދޭނެ ގޮތްތައް ހަމަޖައްސަން އެއްބަސްވެފަ އެވެ.

ރޫޕޭ ރާއްޖޭގައި ބޭނުން ކުރަން ފަށާ އިރު ޗައިނާގެ މަގުބޫލު މޮބައިލް އެޕް ވެއިޝިން ޕޭ (ވީޗެޓް ޕޭ) މެދުވެރިކޮށް ބީއެމްއެލްގެ ކާޑު ޕީއޯއެސްތަކުން ޕޭމެންޓް ހެދޭނެ ގޮތް އިއްޔެ ވަނީ ހަމަޖައްސައިފަ އެވެ.