14 މެއި 2024
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހްގެ ބޯޑަރުތައް އިޒްރޭލުގެ ޓޭންކުތަކުން ވަށާލައި، އެ ސިޓީ އަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ، ރާއްޖެ އިން ނެގި ސްޓޭންޑާ ގުޅިގެން ފަލަސްތީނުން ރާއްޖެ އަށް ޝުކުރު އަދާކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި ދޮޅު މިލިއަން މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހްގެ ބޯޑަރުތައް އިޒްރޭލުގެ ޓޭންކުތަކުން ވަށާލައި، އެ ސިޓީ އަށް ދެމުންދާ ހަމަލާތައް ކުށްވެރިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ، ރާއްޖެ އިން ނެގި ސްޓޭންޑާ ގުޅިގެން ފަލަސްތީނުން ރާއްޖެ އަށް ޝުކުރު އަދާކޮށްފި އެވެ.
ފަލަސްތީނުގެ ދިފާއުގައި ރާއްޖެ އިން ކުރަމުން އަންނަ ތާއީދަށް ފަލަސްތީނުން އިއްޔެ ޝުކުރު އަދާކުރީ، ހަމަލާތައް ހުއްޓުވުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ފިޔަވަޅު އަޅަން ގޮވާލައި ރައީސް މުއިއްޒު ކުރެއްވި ޕޯސްޓާ ގުޅިގެންނެވެ.
އދ. ގައި ހުންނަ ފަލަސްތީނުގެ މިޝަންގެ ރަސްމީ "އެކްސް" އެކައުންޓުން ރާއްޖޭގެ ރައީސްގެ ވާހަކަފުޅަށް ތާއީދުކޮށް ބުނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ރާއްޖެ އިން އެއްބައިވެ، ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ރައީސް މުއިއްޒުގެ ޕޯސްޓުގައި ވިދާޅުވީ، އިޒްރޭލްގެ އަސްކަރީ ބާރުން ދެމުންދާ ހަމަލާތަކުގައި ޣައްޒާ ނެތިގެންދާ ތަން ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ނޯންނާނެ ކަމަށާއި އެކަމާ ދެކޮޅަށް އަޑުއުފުލާނެ ކަމަށެވެ.
Thank you to the Republic of Maldives for using your platform to show your solidarity & support for Palestine ?? ?? https://t.co/kP8fHTPvwx
— State of Palestine (@Palestine_UN) May 13, 2024
އިޒްރޭލް އިން ޣައްޒާ އަށް، ހާއްސަކޮށް މިހާރު ރަފަހް އަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލައި، ބައިނަލްއަގްވާމީ ގާނޫނަށް އަމަލު ކުރަން ރައީސް ވަނީ އިޒްރޭލަށް ގޮވާލައްވައިފަ އެވެ. މިއީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ދަނީ ނަސްލު ނައްތާލުމުގެ އަމަލުތަކެއް ކަމަށް ބުނެ ސައުތު އެފްރިކާ އިން އައިސީޖޭ އަށް ހުށަހަޅާފައިވާ މައްސަލަ އަށް ވެސް ރާއްޖެ އިން ވަނީ ތަދައްހުލުވެފަ އެވެ. އަދި ރަފަހްގެ ހަމަލާތަކާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އިޒްރޭލްގެ މައްޗަށް އަޅައިދިނުމަށް ވެސް ސައުތު އެފްރިކާ އިން ހުށަހަޅާފައިވެ އެވެ.
ރައީސް ވިދާޅުވީ އެ ހުށަހެޅުމަށް ރާއްޖޭން ފުރިހަމައަށް ސަޕޯޓް ކުރާނެ ކަމަށެވެ.
ރާއްޖެ އާއި ދިވެހިން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ރާއްޖޭން އެއްބާރުލުން ދޭނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި ފޮރިން މިނިސްޓަރު ޒަމީރު: ފަލަސްތީނުގެ ދިފާއުގައި ހާއްސަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުން.
"ފަލަސްތީނަކީ މިނިވަން ދައުލަތަކަށްވެ ފަލަސްތީނުގެ ރައްޔިތުންނަށް އަމާން، ސުލްހަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ލިބެންދެން ރާއްޖޭން ހިންދަމައިނުލާނެ،" ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ހަމަލާދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލައި 250 މީހަކު ރަހީނު ކުރުމުން، ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުގެ 34،700 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލައިފަ އެވެ.
އެ ހަމަލާތަކާ ދެކޮޅަށް ސައުތު އެފްރިކާ އިން އައިސީޖޭއާ ދެކޮޅަށް ހުށަހެޅި މައްސަލާގައި ހަމަލާތައް ހުއްޓާލުމަށް އަންގައި ވަގުތީ އަމުރެއް ނެރުނެވެ. ނަމަވެސް، މިހާތަނަށް އިޒްރޭލް އިން އެ ހަމަލާތައް ހުއްޓާލާފައިނުވާއިރު، އެމެރިކާގެ އިންޒާރާ އެކު ވެސް ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިޒްރޭލް އިން ވަނީ ބުނެފަ އެވެ.
އައިސީޖޭގެ ލަަފައަކީ ބޮޑު ކާމިޔާބީއެއް:ރައީސް
9.8 މިލިއަން ރުފިޔާ ހޯދައި ޓެލެތޯން ނިންމާލައިފި
ޕީއެންސީ މެމްބަރުންގެ ފަރާތުން ފަލަސްތީނަށް ދެ ލައްކަ
ފަލަސްތީނު ފަންޑުއެހީ 50،000 ޑޮލަރަށް އިތުރުކޮށްފި
ފަލަސްތީނަށްވާ އެހީ އިތުުރުކުރަން ރައީސް އެދިވަޑައިގެންފި
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގާނޫނު އިސްލާހުކުރަނީ
"ފަލަސްތީނަށް ތާއީދު އިތުވެފައިވާކަން ރަމްޒުކޮށްދީފި"
ރަފަހްގެ ކޭމްޕަށް ދިން ހަމަލާ ކުށްވެރި ކުރައްވައިފި
އިޒްރޭލުގެ އަމަލު ކުށްވެރިކުރަން ސިޑްސް އަށް ގޮވާލައިފި
ރައީސް ގޮވާލެއްވީ އައިސީޖޭ އިން އިޒްރޭލް ހުއްޓުވަން