Roadha Mihaaru
މަޑިފުއްޓަށް ޑްރަގް ގެންދިޔަމީހަކު 27 އަހަރަށް ޖަލަށް

މަޑިފުއްޓަށް ޑްރަގު އެތެރެކުރި މީހަކަށް 27 އަހަރުގެ ޖަލު ހުކުމެއް

16 މެއި 2024

ތ. މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 27 އަހަރުގެ ޖަލު ހުކުމެއް އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު އިއްވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތ. މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 27 އަހަރުގެ ޖަލު ހުކުމެއް އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިއަދު އިއްވައިފި އެވެ.

އެ މައްސަލާގައި ކުށް ސާބިތުވީ އެ ރަށު ދޮންވެލީގޭ، ހުސައިން ޝަރޫންގެ މައްޗަށެވެ.

ފުލުހުންގެ ފަރާތުން މީޑިއާ އަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގްރޫޕަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ވަގުތެއްގައި މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން އެ ރަށުގެ ބަނދަރުމަތިން ޝަރޫން ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ.

އެ ދުވަހު ޝަރޫން ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މަޑިފުށީ ކޯޓުން ނިންމައި، އޭނާ 27 އަހަރާއި 11 މަހާއި 20 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.