ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.
16 މެއި 2024
ދިވެހި ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ފުރަތަމަ ފަހަރަށް "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުންފުންޏެއް އުފައްދަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެއީ ކުންފުނީގެ ގާނޫނުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދި ކުންފުންޏެއް ކަމަށެވެ.
އެއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީ އަށް އިންވެސްޓު ކުރުމާއި އުމްރާނީ ތަރައްގީ އަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭނުންކުރާނެ ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ކުންފުނި އުފެއްދީ ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގަ އެވެ.
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ރަޖިސްޓްރީ ކުރެވިފައިވާ އެޑްރެހަކީ، މިނިސްޓްރީ އޮފް ފިނޭންސް، އަމީނީމަގު، 20379، މާލެ، ދިވެހިރާއްޖެ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރާއްޖޭގައި ޑިވެލޮޕްމެންޓް ބޭންކެއް އުފެއްދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ސަރުކާރުން ވަނީ ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ގާނޫނާއި ގަވައިދުތައް އެކުލަވައިލުމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީ (މިފްޒާ)ގެ ނަމުގައި ހާއްސަ އޮތޯރިޓީއެއް ވެސް އުފައްދައިފަ އެވެ. އެ އޮތޯރިޓީ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމަށް ބޭރުގެ ފަރާތްތަކާ އެކު ވެސް ސަރުކާރުން މަޝްވަރާ ކުރި އެވެ.
ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، އެ ދާއިރާއިން ފުރުސަތުތައް އިތުރުކުރުމަށްޓަކައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ބެހޭ ގާނޫނެއް ވުޖޫދަށް ގެނައުމަށްޓަކާ އެ ކަމާ ބެހޭ ބިލެއް ޑްރާފްޓުކޮށް، އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ފާސްކުރުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
"އިގުތިސާދު ހަމައަކަށް އެޅުވުމަކީ ބޮޑު ކާމިޔާބީއެއް"
އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް
ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްވެއްޖެ
"މިނިވަންކަމަށްޓަކައި ބަލަން ޖެހޭނީ އުދަރެހުގެ ކޮޅަށް"
"އަމާޒަކީ އީޖާދީ ވިސްނުންތަކުން ރާއްޖެ ބަދަލުކޮށްލުން"
ސައުދީގެ ވިޔަފާރި ވަފްދު ރައީސާ ބައްދަލު ކުރައްވައިފި
ފިސްކަލްޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތަށް ދެ އަހަރު
އިގުތިސާދަށް ވަށައިޖެހޭ ތަރައްގީ ގެނެވޭނެ: ރައީސް
ބިލްތައް ދައްކާ ނިންމާނީ ފައިސާ ޗާޕުނުކޮށް: ރައީސް
ސުކޫކު ދެއްކުމުގެ އެއްވެސް ކަންބޮޑުވުމެއް ނެތް: ރައީސް