މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރަން އުފާވެރި ޚަބަރު ދެއްވަން ބޭނުންފުޅުވަނީ އެ ކަމެއް އިހުލާސްތެރިކަމާ އެކު ފުރިހަމަ ކުރުމަށް ފަހު ކަމަށާއި އެއީ ހަމައެކަނި އިއުލާން ކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކުރަން އުފާވެރި ޚަބަރު ދެއްވަން ބޭނުންފުޅުވަނީ އެ ކަމެއް އިހުލާސްތެރިކަމާ އެކު ފުރިހަމަ ކުރުމަށް ފަހު ކަމަށާއި އެއީ ހަމައެކަނި އިއުލާން ކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އަށް ރ. ދުވާފަރަށް ވަޑައިގެން މަސްވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެއްވެސް ކަމެއް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ނުގެންދެވޭނެ ގޮތަށް ފައްޓަވަން ނުވަތަ ނަމަކަށް އިއުލާންކުރާ ކަމަކަށް ހައްދަވަން ބޭނުންފުޅު ނުވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބައެއް ކަންކަން ލަސްވަނީ އިގުތިސާދު ކުރިއަަރައިގެން ދާނެ ގޮތަކަށް ވިސްނައިގެން ކުރަންޖެހޭ ކަންކަން ކަމަށް ވާތީ އެވެ.
"އަޅުގަނޑު ބޭނުންވަނީ ހަގީގީ މާނައިގައި މި އިންޑަސްޓްރީ އަށް ކުރިއެރުން ލިބިގެންދާން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތައް އެކިއެކި ފޯރަމްތަކުގައި އިވިވަޑައިގެންފައިވާ ކަމަށާއި އީޖާބީ ހައްލުތަކެއް ގެނެސް ދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި، މަސްވެރިންގެ އެއްވެސް ޝަކުވާއެއް އަދި ކަންބޮޑުވުމަކީ ބޭކާރު ވާހަކަތަކަކަށް ވިޔަ ނުދެއްވާނެ އެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ މަސްވެރިކަމުގެ ސިނާއަތު ކުރިއަށް ގެންދަން ކަމަށާއި އެކަމަށްޓަކައި އެންމެ މުހިންމީ އެ ސިނާއަތުގައި ތިބި މީހުންގެ ހިޔާލާއި މަޝްވަރާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މިއަދު ވިދާޅުވި ގޮތުގައި، ބައެއް ކަންކަން ކުރެވެން އަންނަނީ ރާއްޖޭގެ އިގުތިިސާދު އެ ކަމަކަށް ފައްކާވުމުންނެވެ. ބޭރުގެ ބައެއް ލޯނުތަކާއި އެހީތަކާ ގުޅޭ މަޝްރޫއުތައް ވެސް ހިމެނޭ ކަމަށާއި އެ ކަންކަން ފުރިހަމަ ކުރަން ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެއީ ސަރުކާރުން ވެސް ވަކި ކަމެއް ގޯސްކޮށް ކޮށްގެންނެއް ވެސް ނޫން. އަޅާނުލައިގެނެއް ވެސް ނޫން. އަދި އެ ފަރާތްތަކުން ކަމެއް ގޯސްކޮށް ކޮށްގެންނެެއް ވެސް ނޫން. އަޅާނުލައިގެނެއް ވެސް ނޫން. ހަމަ އެ އޮންނަ ޑިއު ޕްރޮސެސް އިން، ވަކި މަސްވެރިކަމުގެ އިންޑަސްޓްރީގައިވާ ގޮތެއް ވެސް ނޫން. ބޭރުގެ އެހީތަކާ ގުޅިފައި ހުންނަ ކަންކަމަކީ ބޭރުގެ ލޯނުތަކާއި އެ އޮންނަ ޕްރޮސީޖާއަކުން އެ ފަރާތްތަކުން ސްޓެޕްބައި ސްޓެޕް ކުރިއަށް ގެންދިޔައީމާ ނިމޭ ކަންކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި މަސްވެރިއެއްގެ ކަންބޮޑުން ފާޅުކުރަނީ.---ފޮޓޯ: ރައީސް އޮފީސް
އެ މަނިކުފާނު ވިދާޅުވީ، އެފަދަ ކަންކަމާ ގުޅިގެން ބައެއް ރަށްރަށުގައި އައިސްޕްލާންޓުތައް ގާއިމް ކުރުމާއި ފެކްޓަރީތައް އަޅަން ފެށުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށެވެ. އެކަމަކު، ބޭރުގެ ލޯނުތައް ނުވަތަ ބޭރުގެ އެހީގެ ކަންކަން ޕްރޮސެސް ކުރުމުގެ މަރުހަލާ މިހާރު ނިމިފައިވާ ކަމަށާއި ގިނަ މަޝްއޫތައް ހުރީ އަމަލީ މަސައްކަތް ފަށައިގަންނަ ހިސާބުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
ދުވާފަރުގައި މިއަދު މަސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަށް ފަހު، ރައީސް މުއިއްޒު މަސްވެރިއެއްގެ ވާހަކަ އަޑުއްސަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އަދި ބައެއް ކަންކަމަކީ ސަރުކާރުން ވެސް ވަރަށް ގިނަ ހަރަދުތަކެއް ކޮށްގެން ކުރިއަށް ގެންދާ ކަންކަން. އެހެންވެ، އެކި ކަންކަމަށް އެކި ދުވަސް ނަގަނީ އެ ސަބަބަށްޓަކައި. އެއީ އެއްގޮތަކަށް ވެސް މި އިންޑަސްޓްރީ އަށް ފަރުވާކުޑަކޮށްގެން ވާ ކަމެއް ނޫން ނުވަތަ އަޅާނުލައިގެން ވާ ކަމެއް ވެސް ނޫން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިރޭ ދުވާފަރުގަ އެވެ. މަސްވެރިންނާ ގުޅޭ ބައެއް ކަންކަމަށް އެ ޖަލްސާގައި ތަފުސީލީ ގޮތަކަށް ވާހަކަފުޅު ދައްކަވާނެ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
ވައުދާ އެއްގޮތަށް 900 މިލިއަން ދޫކޮށްފި: މިނިސްޓަރު
އަމާޒަކީ މަސްވެރި އާއިލާތަކުގެ އާމްދަނީ އިތުރުކުރުން
ކުދިމަސްކަމަށް ބަލާ މިންގަނޑު މަތިކުރުމުގެ ޝަކުވާ
ރައީސް، މަސްވެރިންގެ ދުވަހުގެ ޖަލްސާ އަށް ދުވާފަރަށް
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
ބޮޑުކަންނެލި ޕްރޮސެސްކުރާ ފެސިލިޓީގެ މަސައްކަތް ފަށަނީ
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ
މަސްވެރިކަމުގެ ވައުދު ފުއްދޭ މިންވަރަށް މަސައްކަތްކުރަން
ސައުދީގެ ވިޔަފާރި ވަފްދު ރައީސާ ބައްދަލު ކުރައްވައިފި
ފިސްކަލްޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތަށް ދެ އަހަރު