Roadha Mihaaru
ލެވަކޫސަނުގައި އެލޮންސޯ ނޫން ކޯޗަކަށް މިކަމެއް ނުވީސް

ލެވަކޫސަނުގައި އެލޮންސޯ ނޫން ކޯޗަކަށް މި ކާމިޔާބު ނުހޯދުނީސް: ޓާ

19 މެއި 2024

ލެވަކޫސަން (މެއި 19) - ބެޔާ ލަވަކޫސަން، މި ހޯދި ކާމިޔާބު ޒަބީ އެލޮންސޯ ނޫން ކޯޗަކަށް ހާސިލު ނުވީސް ކަމަށް، އެ ޓީމުގެ ޑިފެންޑަރު ޖޮނަތަން ޓާ ބުނެފި އެވެ.

ލެވަކޫސަން (މެއި 19) - ބެޔާ ލަވަކޫސަން، މި ހޯދި ކާމިޔާބު ޒަބީ އެލޮންސޯ ނޫން ކޯޗަކަށް ހާސިލު ނުވީސް ކަމަށް، އެ ޓީމުގެ ޑިފެންޑަރު ޖޮނަތަން ޓާ ބުނެފި އެވެ.

ބުންޑެސްލީގާގައި އެއްވެސް މެޗަކުން ބަލިނުވެ ލީގު ޗެމްޕިއަންކަން ހޯދި ހަމައެކަނި ޓީމުގެ ޝަރަފު، ރޭ އޮގްސްބާގާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ލަވަކޫސަން ވަނީ ހޯދާފަ އެވެ.

ލީގުގައި ކުޅުނު 34 މެޗުގެ ތެރެއިން 28 މެޗުން ލެވަކޫސަން މޮޅުވި އެވެ.

ހަމްބާގް އެފްސީން 2015 ގައި ލެވަކޫސަނާ ގުޅުނު ޓާ ބުނީ ލެވަކޫސަންގެ އެ ކާމިޔާބުގައި އެންމެ މުހިންމު ކަމަކީ އެލޮންސޯގެ ޓެކްޓިކަލް ގޭމް ރަނގަޅުވުން ކަމަށެވެ.

"ޒަބީ އެލޮންސޯ އަކީ ވަރަށް މޮޅު ކޯޗެއް. ޓެކްޓިކަލީ އަދި ޝަހުސިއްޔަތުގައި ވެސް ވަރަށް މޮޅު. އެހެންވެ އަހަރެމެންނަށް މި ކާމިޔާބު ލިބުނީ،" ޓާ ބުންޏެވެ.

އެކަމަކު އެލޮންސޯ ބުނީ ކޯޗު މޮޅު ވަނީ ވެސް ރަނގަޅު ކުޅުންތެރިންތަކެއް ޓީމުގައި ތިބުމުން ކަމަށެވެ.

"މޮޅު ކުޅުންތެރިންގެ ސަބަބުން މޮޅު ކޯޗުން އުފެދޭނެ. މިތަނުގައި ފާހަގަކޮށްލެވޭ ސްކޮޑެއް އެބައޮތް. އަހަރެމެންނަށް ކޮންމެ ދުވަހަކު ވެސް ރަނގަޅު މާހައުލެއް އޮތް. މިފަދަ ކުޅުންތެރިންނާ އެކު މަސައްކަތް ކުރެވޭތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން."

ލިވަޕޫލާއި ރެއާލް މެޑްރިޑް އަދި ބެޔާން މިޔުނިކްގެ ކުރީގެ މިޑްފީލްޑަރު ލެވަކޫސަންއާ ހަވާލުވީ އޮކްޓޯބަރު 2022 ގަ އެވެ. އޭރު ރެލިގޭޝަނުގައި އޮތް ޓީމު ނަގައި ގަދަ ހައެއްގެ ތެރެއަށް ގެންގޮސްދިނެވެ. މި ސީޒަނުގައި ތިން ތައްޓާ އެކު މުބާރާތް ނިންމާލުމުގެ ފުރުސަތު އެބައޮތެވެ.

އަންނަ ހޮނިހިރު ދުވަހު، ޖަރުމަން ކަޕްގެ ފައިނަލްގައި ކައިސާސްލައުޓާނާ ދެކޮޅަށް ލެވަކުސަން ނުކުންނާނެ އެވެ. އޭގެ ކުރިން މި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޔޫރޮޕާ ލީގުގެ ފައިނަލް މެޗުގައި އެޓަލާންޓާއާ ދެކޮޅަށް ވެސް ލެވަކުސަން ކުޅޭނެ އެވެ.