Roadha Mihaaru
ބެޔާން ބަލިކޮށް ކޮންޓްރޯލް ލެވަކޫސަން އަށް

ބެޔާންގެ ޕްލޭން ފެނަށްދުއްވާލައި ލެވަކޫސަށް ކޮންޓްރޯލް ނަގައިފި

11 ފެބުރުއަރީ 2024

ލެވަކޫސަން (ފެބްރުއަރީ 11) – ޖަރުމަނު ލީގު ޗެމްޕިއަންކަން 11 ފަހަރު ހޯދާފައިވާ، ބެޔާން މިޔުނިކް ބަލިކޮށް، ބެޔާ ލެވަކޫސަންއިން ލީގު ހޯދުމުގެ މުޅި ކޮންޓްރޯލް ނަގައިފި އެވެ.

ލެވަކޫސަން (ފެބްރުއަރީ 11) – ޖަރުމަނު ލީގު ޗެމްޕިއަންކަން 11 ފަހަރު ހޯދާފައިވާ، ބެޔާން މިޔުނިކް ބަލިކޮށް، ބެޔާ ލެވަކޫސަންއިން ލީގު ހޯދުމުގެ މުޅި ކޮންޓްރޯލް ނަގައިފި އެވެ.

އަމިއްލަ ދަނޑުގައި 3-0 ން ބެޔާންގެ މައްޗަށް ލެވަކޫސައިން ކާމިޔާބު ހޯދައި އެ ޓީމުން ވަނީ މި ސީޒަނުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ.

ޔޫރަޕްގެ ގަދަ ފަސް ލީގުގެ ޓީމުތަކުގެ ތެރެއިން މެޗަކުން ބަލި ނުވަނީ ލެވަކޫސަން އެކަންޏެވެ. ބެޔާން ރޭ ވީ ބައްޔާ އެކު އެ ޓީމުން ވަނީ މި ސީޒަންގައި ތިންވަނަ ފަހަރަށް ބަލި ވެފަ އެވެ.

ބެޔާންގެ ކުރީގެ މިޑްފީލްޑަރު ޒަބީ އޮލޮންސޯ ކޯޗުކޮށްދޭ ލެވަކޫސަންއަށް ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖެހީ ބެޔާންގެ ލޯނު އުސޫލުން ލެވަކޫސަން އަށް ކުޅެމުންދާ ޖޯސިޕް ސްޓަނިޝިޗް އެވެ. މެޗުގެ 18 ވަނަ މިނެޓްގައި އޭނާ ލަނޑު ޖެހީ ރޮބަޓް އަންޑްރިޗް ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ދެވަނަ ހާފުގައި ލެވަކޫސަންގެ އަނެއް ދެ ލަނޑޫ ޖެހީ 50 ވަނަ މިނެޓްގައި ލަނޑު ޖެހި އެލެކްސް ގްރިމާލްޑޯ އާއި ޖެރްމީ ފްރިމްޕޯންގް އެވެ.

މެޗުން މޮޅުވެ، ލެވަކޫސަންއިން ވަނީ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ދެވަނައިގައި އޮތީ ބެޔާނެވެ.