Roadha Mihaaru
ލީގު ހޯދަން ލެވަކޫސަނަށް ބޭނުން ވަނީ އެންމެ މޮޅެއް

ބެޔާން ބަލިވެ ލީގު ހޯދަން ލެވަކޫސަނަށް ބޭނުން ވަނީ އެންމެ މޮޅެއް

07 އެޕްރީލް 2024

ހައިޑިންހައިމް (އޭޕްރީލް 7) - ހައިޑިންހައިމް އަތުން ދެވަނައިގައި އޮތް ބެޔާން މިޔުނިކް ބަލިވެ، ލީގު ހޯދުމުގެ ރޭހުގައި ތިން ޕޮއިންޓާ ކައިރިއަށް ބެޔާ ލެވަކޫސަން ޖެހިލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ހައިޑިންހައިމް (އޭޕްރީލް 7) - ހައިޑިންހައިމް އަތުން ދެވަނައިގައި އޮތް ބެޔާން މިޔުނިކް ބަލިވެ، ލީގު ހޯދުމުގެ ރޭހުގައި ތިން ޕޮއިންޓާ ކައިރިއަށް ބެޔާ ލެވަކޫސަން ޖެހިލައިފި އެވެ.

ހައިޑިންހައިމްއިން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި 3-2 ންނެވެ. ފުރަތަމަ ހާފު ބެޔާނުން ނިންމާލީ ދެ ލަނޑުގެ ލީޑަކާ އެކު އެވެ. ހެރީ ކޭން އާއި ސާޖް ނެބްރީގެ ލަނޑުން ލީޑު ނަގައި ދެވަނަ ހާފުގައި ހަމަޖެހިލަން ފުރުސަތު ލިބުނު ނަމަވެސް ބެޔާން އަށް އެ ފުރުސަތެއް ނުލިބުނެވެ.

ދެވަނަ ހާފު ފެށިގެން ގާތްގަނޑަކަށް 10 މިނެޓް ތެރޭ ހައިޑިންހައިމްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. މެޗުގެ 50 ވަނަ މިނެޓްގައި ކެވިން ސެސާ، އެ ޓީމަށް ފުރަތަމަ ލަނޑު ޖަހައި ދިނެވެ. އޭގެ ފަހުން މިނެޓެއް ނުވަނީސް ޓިމް ކްލައިންޑީސްޓް އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ޓީމު މޮޅުކޮށް ދިން ލަނޑު އޭނާ ޖެހީ 79 ވަނަ މިނެޓްގަ އެވެ.

"މެޗުގައި އަހަރެމެން ބިނާ ކުރި ހުރިހާ އެއްޗެއް ފުރަތަމަ ހާފުގެ ފުރަތަމަ 15 މިނެޓް ތެރޭ އަހަރެމެން ދޫކޮށްލައިފި،" މެޗަށް ފަހު ވާހަކަ ދައްކަމުން ބެޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުންޏެވެ.

"ދެވަނަ ހާފުގެ ފުރަތަމަ މިނެޓުން ފެށިގެން އަހަރެމެން ކުޅުން ހުއްޓާލައިފި. އަދި ފުރަތަމަ ހާފުގައި އަހަރެމެން ކުރި ކަންތައްތައް ދެވަނަ ހާފުގައި ހުއްޓާލައިފި."

ލީގުގައި ލެވަކޫސަނަށް އޮތީ ބާކީ ހަ މެޗެވެ. އަންނަ އާދިއްތަ ދުވަހު ވާޑާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ލެވަކޫސަން އަށް ލީގު ކަށަވަރު ކުރެވޭނެ އެވެ.