Roadha Mihaaru
ސިޓީގައި ދެމިހުރުމަށްވުރެ ދޫކޮށްދިއުން ގާތް: ގާޑިއޯލާ

ސިޓީގައި އަހަރެން، އިތުރަށް ދެމިހުރުމަށްވުރެ ދޫކޮށް ދިއުން ގާތް: ގާޑިއޯލާ

20 މެއި 2024

މެންޗެސްޓާ (މެއި 20) - މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓަށް ވުރެ އިތުރަށް އެ ޓީމުގައި އޭނާ ދެމިހުރުމުގެ ފުރުސަތު ކުޑަކަމަށް، ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެންޗެސްޓާ (މެއި 20) - މެންޗެސްޓާ ސިޓީއާ އެކު ހަދާފައިވާ ކޮންޓްރެކްޓަށް ވުރެ އިތުރަށް އެ ޓީމުގައި އޭނާ ދެމިހުރުމުގެ ފުރުސަތު ކުޑަކަމަށް، ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގު ޗެމްޕިއަންކަން ވިދިވިދިގެން ހަތަރުވަނަ ފަހަރަށް، ސިޓީ އަށް ރޭ ހޯދައިދިން ކޯޗުގެ ކޮންޓްރެކްޓް އަންނަ އަހަރު ޖޫން މަހަށް ހަމަވާނެ އެވެ. މާނައަކީ؛ ކޮންޓްރެކްޓް އާ ނުކޮށްފިނަމަ، ގާޑިއޯލާ ސިޓީގައި ދެން ހުންނާނީ އަންނަ ސީޒަނުގަ އެކަންޏެވެ.

ރޭގެ ކާމިޔާބަށް ފަހު ގާޑިއޯލާ ބުނީ މަސައްކަތުގައި ހޭދަކުރާތާ ގިނަ މުއްދަތެއް ވީއރު އޭނާ ވަރުބަލިވެއްޖެ ކަމަށެވެ. އޭނާ ވިސްނާ ގޮތާ ބެހޭގޮތުން ކުރިއަށް އޮތް ސީޒަނުގައި ކްލަބާ މަޝްވަރާ ކުރާނެ ކަމަށް ސްޕޭންގެ ކޯޗު ބުންޏެވެ.

"ހަގީގަތަކީ އަހަރެން ދެމިހުރުމަށް ވުރެ ދޫކޮށްލުން ގާތް،" ގާޑިއޯލާ ބުންޏެވެ.

ކާމިޔާބަށް ފަހު، ޕެޕް ގާޑިއޯލާ (ކ) މެންޗެސްޓާ ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކާ އެކު އުފާފާޅުކުރަނީ

ކާމިޔާބަށް ފަހު، ޕެޕް ގާޑިއޯލާ (ކ) މެންޗެސްޓާ ސިޓީގެ ޗެއާމަން ޚަލްދޫން އަލް މުބާރަކާ އެކު އުފާފާޅުކުރަނީ

"އަހަރެމެން ކްލަބާ ވާހަކަ ދައްކައިފިން. މި ވަގުތު އަަހަންނަށް އިހްސާސް ވަނީ އަހަރެން މި ވަގުތަށް އަދި ހުންނާނަމޭ. އަންނަ ސީޒަނުގައި އަހަރެން ހުންނާނަން. އަދި ސީޒަން ތެރޭގައި އަހަރެމެން އިތުރަށް ވާހަކަ ދައްކާނަން. އަށް އަހަރު، ނުވަ އަހަރު ހޭދަކުރާ އިރު ޖެހޭނެ ވިސްނަން."

ބާސެލޯނާ އާއި ބެޔާން މިޔުނިކްގައި ވެސް ކާމިޔާބު ހޯދި ގާޑިއޯލާ ސިޓީގައި ހޭދަ ކުރި އަށް އަހަރުގެ ތެރޭ ވަނީ 15 ތަށި ހޯދައިފަ އެވެ. އަންނަ ހޮނިހިރު ދުވަހު ކުޅޭ އެފްއޭ ކަޕް ފައިނަލު ކާމިޔާބުކޮށް 16 ތަށި ހޯދުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.

ގާޑިއޯލާ ބުނީ އަންނަ ސީޒަން ފެށުމުގެ ކުރިން އާ ހިތްވަރެއް ހޯދަން އޭނާ އަށް ޖެހޭ ކަމަށެވެ.