Roadha Mihaaru
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ

ކެރިއަރުގެ އެންމެ ބޮޑު ވެއްޓުމާ ގާޑިއޯލާ ކުރިމަތިލާން ޖެހިއްޖެ

10 ނޮވެމްބަރ 2024

ބްރައިޓަން (ނޮވެމްބަރު 10) – ވިދިވިދިގެން ހަތަރު މެޗުން މެންޗެސްޓާ ސިޓީ ބަލިވެ، ކޯޗު ޕެޕް ގާޑިއޯލާގެ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ބްރައިޓަން (ނޮވެމްބަރު 10) – ވިދިވިދިގެން ހަތަރު މެޗުން މެންޗެސްޓާ ސިޓީ ބަލިވެ، ކޯޗު ޕެޕް ގާޑިއޯލާގެ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ޕްރިމިއާ ލީގުގައި ބްރައިޓަންއާ ދެކޮޅަށް ރޭ ކުޅުނު މެޗުން ސިޓީ ބަލިވީ ލީޑް ނަގާފައި ވަނިކޮށެވެ. ފުރަތަމަ ހާފުގައި އާލިން ހާލަންޑް ސިޓީ އަށް ލަނޑު ޖަހައި ދިނެވެ. ޖޯން ޕީޓާ އާއި މެޓް އޯ ރައިލީގެ ގޯލްތަކުން ބްރައިޓަން އިން މެޗު ކާމިޔާބު ކުރި އެވެ.

ބަލިވުމުގެ ރޭސް، ސިޓީ އަށް ކުރިމަތިވީ އިނގިރޭސި ލީގު ކަޕްގައި ލެސްޓާ ސިޓއާ ދެކޮޅަށް މިދިޔަ މަހު 31 ގައި ކުޅުނު މެޗުން ފެށިގެންނެވެ.

އޭގެ ފަހުން ޕްރިމިއާ ލީގުގައި ބޯންމައުތު އަތުން އަދި ޗެމްޕިއަންސް ލީގުގައި ސްޕޯޓިން ލިޒްބަން އަތުން ބަލިވި އެވެ.

ގާޑިއޯލާގެ ކެރިއާގައި މީގެ ކުރިން، ވިދިވިދިގެން ހަތަރު މެޗުން ބަލިވެފައި ވަނީ ބެޔާން މިޔުނިކްގަ އެވެ. އެކަމަކު އޭރު ބަލިވި އެއް މެޗަކީ ޕެނަލްޓީޝޫޓް އައުޓްގައި ބަލިވި މެޗެކެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި ވިދިވިދިގެން ހަތަރު މެޗުން ގާޑިއޯލާގެ ޓީމެއް ބަލި މިވީ މުޅިން އަލަށެވެ.

މެޗަށް ފަހު އޭނާ ބުނީ ކޮންމެ ކަމެއް ވެސް ކުރިމަތި ވާނީ މުޅިން އަލަށް ކަމަށެވެ. އެ ހާލަތުން އެ ޓީމު ސަލާމަތް ކުރާނީ އޭނާގެ މަސައްކަޔުން ކަމަށް ބާސެލޯނާގެ ކުރީގެ ކޯޗު ބުންޏެވެ.

"ހާލަތު ބަދަލުކޮށް އަލުން ކާމިޔާބީއާ ހަމައަށް ދާން ޖެހޭ. އަހަރެމެން މިތިބީ މި ހާލަތުގައި، އުއްމީދަކީ (އަނިޔާގައި ތިބި) ކުޅުންތެރިން އަނބުރާ އައުމުން މިހާލަތުން ނެގުން. އަހަރެން ޝައްކެއް ނުކުރަން އެނބުރި އަންނާނެ ކަމާ މެދު. މިއީ އަހަރެންގެ ޗެލެންޖެއް - އަހަރެމެންގެ ޗެލެންޖް - އަދި އެކަމާ ކުރިމަތިލާން އަހަރެން ބޭނުން. އެއްވެސް ހާލެއްގައި ފަހަތަށް ނުޖެހޭނަން،" ގާޑިއޯލާ ބުންޏެވެ.

"ކުރިއަށްވުރެ ބޮޑަށް އަހަރެން ބޭނުންވަނީ މަސައްކަތް ކުރުމަށް. އެހެންވީމާ އަނެއްކާވެސް މަސައްކަތް ކުރާނަން. މި ހިތްދަތި ނަތީޖާތައް ކުޅުންތެރިން ބޮލުން ފިލުވާލަން ޖެހޭ. ކުޅުންތެރިން އަލުން ފިޓްވާން ޖެހޭ - މިއީ ޓާގެޓަކ."

ސިޓީ ބަލިވުމުގެ އެޑްވާންޓޭޖް، ލިވަޕޫލުން ނެގީ އެސްޓަން ވިލާ ބަލި ކުރުމަށް ފަހު އެވެ. ޑާވިން ނުނެޒް އާއި މުހައްމަދު ސަލާހްގެ ލަނޑުތަކުން 2-0 ން މޮޅުވެ، ލިވަޕޫލުން ވަނީ ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ.