Roadha Mihaaru
އަހުމަދިއްޔާ ސްކޫލަށް 37 އަހަރު ފުރުން ފާހަގަކޮށްފި

އަހުމަދިއްޔާ ސްކޫލަށް 37 އަހަރު ފުރުން ފާހަގަކޮށްފި

21 ފެބުރުއަރީ 2019

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 37 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް 37 އަހަރު ފުރުން މިއަދު ފާހަގަކޮށްފި އެވެ.

އެ ސްކޫލުގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ ހާއްސަ އެސެމްބްލީއަކުންނެވެ. އެގޮތުން، ހެނދުނު ބޭއްވި އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވީ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދެވެ.

އަހުމަދިއްޔާ ސްކޫލުގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި އެސެމްބްލީގައި އެ ސްކޫލުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ؛ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު

އަހުމަދިއްޔާ ސްކޫލުގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި އެސެމްބްލީގައި އެ ސްކޫލުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ؛ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު

އެސެމްބްލީގައި ވާހަކަދައްކަވަމުން ރަޝީދު ވަނީ ފާއިތުވި އަހަރުތަކުގައި އަހުމަދިއްޔާ އިން ހޯދާފައިވާ ކާމިޔާބީތަކަށް ތައުރީފު ކުރައްވައިފަ އެވެ. އަދި 21 ވަނަ ގަރުނުގެ ކުދިންގެ ކިބައިގައި ހުންނަންޖެހޭ ހުނަރުތައް އަށަގެންނެވުމަށް އޭނާ ގޮވައިލެއްވި އެވެ.

ސްކޫލުގެ އިސްމަގާމުތަކަށް އިންތިހާބުވި ދަރިވަރުންނަށް ބެޖާއި ސޭޝް ހަވާލުކޮށްފައި ވެ އެވެ. މަތީ ސާނަވީ ބައިން ކެޕްޓަންކަމަށް އިންތިޚާބުކުރީ ގްރޭޑް 12 އެފްގެ ދަރިވަރު މުހައްމަދު ރަޒާނެވެ. ސާނަވީ ބައިގެ ކެޕްޓަނަކަށް އިންތިޚާބުކުރީ ގްރޭޑް 10 ޑީ ގެ ދަރިވަރު އަބްދުﷲ މާހިލް ޝަހީމެވެ.

އަހުމަދިއްޔާ ސްކޫލުގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި އެސެމްބްލީގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.--ފޮޓޯ؛ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު

އަހުމަދިއްޔާ ސްކޫލުގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި އެސެމްބްލީގައި އެ ސްކޫލުގެ ދަރިވަރުންތަކެއް ބައިވެރިވަނީ.--ފޮޓޯ؛ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު

އޭގެ އިތުރުން ޓީޗަރުންނަށް ހާއްސަކޮށްގެން މިރޭ ޑިނާ ނައިޓެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި މާލޭގެ ބޮޑެތި މަގުތަކުގައި އަހުމަދިއްޔާ ދަރިވަރުންގެ ހިނގާލުމެއް ވެސް އޮންނާނެ އެވެ.

އަހުމަދިއްޔާ ސްކޫލުގެ 37 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި އެސެމްބްލީގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު (މ) ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ؛ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު