Roadha Mihaaru
އޭލެވެލް އެއްވަނަ: މާލެ ސްކޫލުތަކުގެ 16 ދަރިވަރުން

އޭލެވެލް ޓޮޕް 10ގެ އެއްވަނައިގައި މާލެ ސްކޫލުތަކުގެ 16 ދަރިވަރުން

20 މެއި 2024

މިދިޔަ އަހަރުގެ އޭލެވެލްގެ ގަދަ 10ގެ އެއްވަނައިގައި މާލޭ ސްކޫލުތަކުގެ 16 ދަރިވަރަކު ހިމެނިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ އަހަރުގެ އޭލެވެލްގެ ގަދަ 10ގެ އެއްވަނައިގައި މާލޭ ސްކޫލުތަކުގެ 16 ދަރިވަރަކު ހިމެނިއްޖެ އެވެ.

އެއީ ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުގެ ހަ ދަރިވަރަކާއި ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ހަ ދަރިވަރަކާއި އިތުރުން އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ހަތަރު ދަރިވަރެކެވެ.

މި އަހަރު ވިލާ ހައި އިންޓަރނޭޝަނަލް ސްކޫލުގެ އޭލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގަދަ 10ގައި 88 ދަރިވަރުން ހިމެނުނެވެ. އޭގެ ތެރެއިން 37 ދަރިވަރަކަށް ހައި އެޗީވާސް އެވޯޑް ލިބުނެވެ.

ވިލާ ހައި އިންޓަނޭޝަނަލް ސްކޫލުން އެއްވަނައިގައި ހިމެނުނު ހަ ދަރިވަރުން:

1. ތީބާ އަލީ ޝަފީއު

2. އައިޝަތު ޖަނާން އަހުމަދު

3. އަހުމަދު ޒާހު ވަދީފު

4. ރަޔާން އަހުމަދު އަލީ

5. އައިޝަތު ލީސާ ސައީދު

6. މައިހާ ހަސަން މުހައްމަދު

ސީއެޗްއެސްއީ އިން އޭލެވެލްގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 120 ދަރިވަރުން ގައުމީ ގަދަ 10ގައި ހިމެނުނެވެ. އެއީ އޭލެވެލް ހެދި ދަރިވަރުންގެ 35 ޕަސެންޓް ދަރިވަރުންނެވެ. ދެ މާއްދާ އަށްވުރެ ގިނަ އިން ފާސްވި ދަރިވަރުންނަކީ އޭލެވެލް ހެދި ދަރިވަރުންގެ 92 ޕަސެންޓު ދަރިވަރުންނެވެ.

ފަސް މާއްދާއިން އޭ ހޯދައިގެން ސީއެޗްއެސްއީ އިން 44 ދަރިވަރުންނަށް ހައި ޗީވާސް އެވޯޑް ލިބުނެވެ. އަދި ހަތަރު ދަރިވަރަކަށް ކެމިސްޓްރީން ދުނިޔެއިން އެއްވަނަ ލިބުނުއިރު އެއް ދަރިވަރަކަށް ވަނީ ހިސްޓްރީން ވެސް ދުނިޔެއިން އެއް ވަނަ ހޯދައިފަ އެވެ.

ސީއެޗްއެސްއީ އިން އެއް ވަނައިގައި ހިމެނުނު ހަ ދަރިވަރުން:

1. އަބްދުﷲ ޒަޔާން ޒުހުރީ

2. އަލި ސައުދާން ޝަހީން

3. ހަސަން ބަނީން ޝުރޫތް

4. މުހައްމަދު އަބާން

5. މުހައްމަދު ލޫތް އިބްރާހިމް ޒިޔާއު

6. މުހައްމަދު ސާމިހް ޝަފީގް

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން މި އަހަރު އޭލެވެލްގައި ބައިވެރިވީ ޖުމްލަ 211 ދަރިވަރުންނެވެ. އޭގެ ތެރެއިން 203 ދަރިވަރުން ވަނީ ދެ މާއްދާ އަށް ވުރެ ގިނަ މާއްދާއިން ފާސް ވެފަ އެވެ.

ފަސް މާއްދާއިން އޭ ހޯދައިގެން އަހުމަދިއްޔާ އިން 47 ދަރިވަރުންނަށް ހައި ޗީވާސް އެވޯޑް ލިބުނެވެ. އަދި ގަދަ 10ގެ އެއް ވަނައިގައި ހަތަރު ދަރިވަރަކު ހިމެނުނެވެ. އެއީ؛

1. އަބްދުﷲ ފިރުޒާން އަހުމަދު

2. ލަޔާން މުހައްމަދު ރަޝީދު

3. ރަޒާން އިބްރާހިމް ރަޝީދު

4. ޔުމްނު ޔަމާން އަލީ

މި އަހަރު ރާއްޖޭގެ 45 ސެންޓަރެއްގައި އޭލެވެލް އިމްތިހާނު ހެދިއިރު އެއީ މާލޭގެ ތިން ސެންޓަރެއްގެ އިތުރުން، އަތޮޅު ތެރޭގެ 42 ސެންޓަރެއްގަ އެވެ. ޖުމްލަ 3،268 ދަރިވަރުން އެ އިމްތިހާނުގައި ބައިވެރިވި އެވެ.

ރަށްރަށުގެ ސްކޫލުގެ ނަތީޖާތައް މި ނޫހަށް ލިބޭ ގޮތެއް އަދި ނުވެ އެވެ.