Roadha Mihaaru

މާލެ އާއި ހުޅުމާލޭގެ ސީއެޗްއެސްއީ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގައި އޭ ލެވެލް ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތާ އެކު މާލެ އާއި ހުޅުމާލޭގެ ސީއެޗްއެސްއީ އިން ޖާގައަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

މާލެ/ހުޅުމާލެ ސީއެޗްއެސްއީ އަށް ފުރުސަތު ހުޅުވާލައިފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 އޯގަސްޓް 2024

މާލޭގައި އޭ ލެވެލް ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތާ އެކު މާލެ އާއި ހުޅުމާލޭގެ ސީއެޗްއެސްއީ އިން ޖާގައަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.

މާލޭގައި ޒަމާންވީ އޭ ލެވެލް ސްކޫލް، ސީއެޗްއެސްއީގެ އިމާރާތް ބޭނުންކުރުން މިދިޔަ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، ސީއެޗްއެސްއީ ބަދަލުކުރީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަށެވެ. އެކަމަކު އަލުން އެ ސްކޫލްގައި ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ހުޅުމާލެ އާއި މާލޭގައި އޭ ލެވެލް ކިޔަވައިދޭން ނިންމީ ހަމައެކަނި ހުޅުމާލޭގައި ސްކޫލް ހިންގުމުން، ދަރިވަރުންނަށް ކުރިމަތިވާ އުނދަގޫތައް ހައްލުކުރުމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މީގެ ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ މާލޭގެ ސީއެޗްއެސްއީގައި އެއް ސެޝަނަށް 600 ދަރިވަރުންނަށް ކިޔަވައިދެވޭނެ އެވެ. އަދި ދެ ޝެޝަނަށް ނަމަ 1،200 ދަރިވަރުންނަށް ޖާގަ ލިބޭނެ ކަމަށެވެ.

އޭ ލެވެލް ކިޔަވައިދޭ ސަރުކާރު ސްކޫލެއް މާލޭގައި ނެތުމަކީ ގިނަ ދަރިވަރުންނާއި ބެލެނިވެރިންނަށް ދަތިތަކެއް ކުރިމަތިވަމުން ދިޔަ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

އޭ ލެވެލް ސްކޫލެއް މާލޭގައި އަލުން ހުޅުވަން ސަރުކާރުން ނިންމީ މިހާރު މަތީ ސާނަވީއަށް ކިޔަވަމުން އަންނަ 400 އެއްހާ ދަރިވަރުން ކޮންމެ ދުވަހަކު ހުޅުމާލެއަށް ދާން އުފުލަމުންދާ ތަކުލީފަށް ލުޔެއް ހޯދުމުގެ ގޮތުންނެވެ.