Roadha Mihaaru
އަނބު މޫސުން މިފަހަރު ބޮޑު މަޖާގަނޑަކަށް!

އަނބު މޫސުން މިފަހަރު ބޮޑު މަޖާގަނޑަކަށް!

21 މެއި 2024

ކޮންމެ އަހަރެއްގެ ވެސް އަނބު މޫސުމުގައި އަނބު މަޖާ ހެދުމުގެ ފޯރި ގަދަ އެވެ. އެކަމަކު މިފަހަރު ހަމަ އަސްލަށް ވެސް އަނބު މަޖާ ހެދުން ދިވެހިންނަށް މިވީ ބޮޑު މަޖާގަނޑަކަށެވެ. ޓިކްޓޮކް ޓްރެންޑް ފޮލޯކުރާ މީހުން އަޅައިގަތް އަނބު ތަޅާ ވީޑިއޯއަކާ ހެދި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ކޮންމެ އަހަރެއްގެ ވެސް އަނބު މޫސުމުގައި އަނބު މަޖާ ހެދުމުގެ ފޯރި ގަދަ އެވެ. އެކަމަކު މިފަހަރު ހަމަ އަސްލަށް ވެސް އަނބު މަޖާ ހެދުން ދިވެހިންނަށް މިވީ ބޮޑު މަޖާގަނޑަކަށެވެ. ޓިކްޓޮކް ޓްރެންޑް ފޮލޯކުރާ މީހުން އަޅައިގަތް އަނބު ތަޅާ ވީޑިއޯއަކާ ހެދި އެވެ.

ސްރީ ލަންކާގެ ކެއުންތައް ޓިކްޓޮކްގައި ޕޯސްޓްކުރާ އަންހެނަކު އާއްމުކުރި ވީޑިއޯގައި ފެންނަނީ އެއްޗަކަށް މިރުހާއި ލޮނާއި އަޅައި އަނބުތައް ތަޅައިގެން ކާ ތަނެވެ. މަޖާ ހަދަން އަވަސް އަދި ފަސޭހަ މި ގޮތް ގިނަ ބަޔަކަށް ކަމުދިޔައީ އެވެ.

މި ޓްރެންޑް ފޮލޯކުރަން ކޮތަޅު ތެރޭގައި އަނބު ތަޅަމުން ގޮސް މިހާރު ތަޅައިގެން ނުކާ އެއްޗެއް މަދެވެ. ޓިކްޓޮކާއި އިންސްޓަގްރާމާއި ފޭސްބުކްގައި އޮތީ އެކި އެއްޗެހި ކޮތަޅަށް ލައި ތަޅައިގެން ކާ ވީޑިއޯތަކެވެ.

@trustickitchen Mouthwatering ? ?? Ultra SPICY mango pickle අබ කොටල කාල තියෙද? #mango #foryou ♬ original sound - The Rustic Kitchen

ލަންކާ މީހަކު ތެޅި އަނބު ހަދަނީ: މިއީ މި ޓްރެންޑް ފެށުނު ގޮތް

އެއްބަޔަކު ތެޅިއަނބު ހަދައިގެން ކާއިރު، އަނެއްބަޔަކު ގޮބާއި ކުންނާރާއި ބިލަމަގު ތަޅައިގެން ކަނީ އެވެ. ތެލުލި ބަނބުކޭލާއި ނޫޑްސް ޕެކެޓާއި ބިސްކޯދު ޕެކެޓް ވެސް ކޮތަޅުގައި ފުނޑުކޮށްފި އެވެ. މި ޓްރެންޑަށް ފާޑުކިޔަން، ކޮތަޅަކަށް ބަތް އަޅައިގެން ތަޅާ ވީޑިއޯއެއް ވެސް ވައިގައި ހިފީ އެވެ.

ޑަބިޔާ ކުކުޅު ހަދަނީ

މި ޓްރެންޑް ފޮލޯކުރަން އެކަކު އަނބު ކޮތަޅެއް ސައިކަލުގައި އައްސައިގެން މުޅި ރަށް ވަށައި ބުރު ވެސް ޖަހައިފި އެވެ.

ކޭކު ހަދައި އެއްޗިހި ކޮތަޅަކަށް އަޅައިގެން ތަޅަނީ

ދިވެހިންގެ ތެރޭގައި ކަމެއް ވައިގައި ހިފައިފި ނަމަ، އެކަމެއް އެކި ގޮތްގޮތަށް ކޮށް އަދި އެއަށް މީމްސް ހަދައި އުޅެ އެވެ.

މީހަކު ބޮޑު މަރުތެޔޮ އަކުން އަނބު ތަޅަނީ

އަނބު މަޖާ ހެދުން މިފަހަރު މިއޮތީ އަސްލަށް ވެސް ބޮޑު މަޖާގަނޑަކަށް ވެފަ އެވެ. އެކަކަށް ވުރެން މަޖާކޮށް، ފޯރީގައި އަދިވެސް ވީޑިއޯތައް ހަދަނީ އެވެ.