Roadha Mihaaru
އެމިނެމްގެ ދަރިފުޅު ކައިވެނި ކޮށްފި

އެމިނެމްގެ ދަރިފުޅު ކައިވެނި ކޮށްފި

26 މެއި 2024

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އެމިނެމްގެ ދަރިފުޅު، ހެއިލީ ޖޭޑް ސްކޮޓް ކައިވެނިކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އެމިނެމްގެ ދަރިފުޅު، ހެއިލީ ޖޭޑް ސްކޮޓް ކައިވެނިކޮށްފި އެވެ.

ހެއިލީ، 28، އަކީ އެމިނަމްގެ ދެވަނަ ދޮށީ އަންހެން ދަރިފުޅެވެ. އެ މީހުންގެ ކައިވެނި ހަފުލާ އޮތީ އެމެރިކާގެ ބެޓްލް ކްރީކްގެ މިޝިގަންގަ އެވެ. ހަފުލާގައި ބައިވެރިވީ އާއިލާ އާއި އެންމެ ގާތް ރަހުމަތްތެރިންނެވެ.

މި ހަފުލާގައި ލަވަކިޔުންތެރިޔާ 50 ސެންޓާއި، ޑރ. ޑްރޭ އަދި ޖިމީ ލަވިން ބައިވެރިވި އެވެ.

ކައިވެނީގެ ހަފުލާގެ ތެރެއިން އެމިނަމް އާއި ދަރިފުޅު ހެއިލީގެ ނެށުމެއް ފެނިގެންދެ އެވެ.

ހެއިލީ އަދި އޭނާގެ ފިރިމީހާ އީވަން އެމްސީކްލިންޓޮކް އަކީ 2016 ވަނަ އަހަރުން ފެށިގެން ލޯބީގެ ގޮތުން ގުޅުން އޮންނަ ދެ މީހުންނެވެ. އެ މީހުންގެ އެންގޭޖްމެންޓް ހަފުލާ އޮތީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

ހެއިލީ އަކީ މަޝްހޫރު ޕޮޑްކާސްޓަ/ސޯޝަލް މީޑިއާ އިންފްލުއެންޒާ އެކެވެ.