Roadha Mihaaru
ޕިޓަށް ހުއްދަދިނީ އެންމެ ހަގު ކުދިންނާ ބައްދަލުކުރަން

ބްރެޑް ޕިޓަށް ކޯޓުން ހުއްދަ ދިނީ އެންމެ ހަގަށް ތިބި ކުދިންނާ ބައްދަލުކުރަން އެކަނި

11 ޖުލައި 2024

ހޮލީވުޑްގެ އެކްޓަރު ބްރެޑް ޕިޓަށް ކޯޓުން ހުއްދަ ދީފައި ވަނީ އޭނާގެ އެންމެ ހަގަށް ތިބި ކުދިންނާ ބައްދަލުކުރަން އެކަނި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ހޮލީވުޑްގެ އެކްޓަރު ބްރެޑް ޕިޓަށް ކޯޓުން ހުއްދަ ދީފައި ވަނީ އޭނާގެ އެންމެ ހަގަށް ތިބި ކުދިންނާ ބައްދަލުކުރަން އެކަނި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީ 49، އާއި ޕިޓް 60، ގެ ކައިވެނި ރޫޅުނީ، ފަސް އަހަރު ކައިވެނިކޮށްގެން އުޅުމަށް ފަހު 2019 ވަނަ އަހަރު އެވެ. ކައިވެނި ރޫޅުމަށް ފަހު ކޯޓުން ނިންމާފައި ވަނީ އެ ދެމީހުންގެ ކުދިން ތިބޭނީ ޖޯލީ ކައިރީގައި ކަމަށެވެ. ނަމަވެސް، އެތަނުން އެންމެ ހަގަށް ތިބި ކުދިން ކައިިރިއަށް ދިއުމުގެ ހުއްދަ ޕިޓަށް ވަނީ ކޯޓުން ދީފަ އެވެ.

ދާދި ފަހުން އެމީހުންގެ އެންމެ ދޮށީ އަންހެން ދަރިފުޅު ޝިލޯ ވަނީ އުމުރުން 18 އަހަރު ފުރުމާ އެކު، އޭނާގެ ނަމުން ޕިޓްގެ ނަން އުނިކޮށްފަ އެވެ. އަދި 15 އަހަރުގެ އަންހެން ދަރިފުޅު ވިވިއަން ވެސް ވަނީ ބްރެޑްގެ ނަން އޭނާގެ ނަމުން އުނިކޮށްފަ އެވެ.

ޕީޕަލް މެގަޒިން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކުދިންގެ ކަސްޓަޑީ އެގްރީމަންޓުގައި އޮތީ ޕިޓަށް ބައްދަލުކުރެވޭނީ އެ ދެމީހުންގެ އެންމެ ހަގަށް ތިބި ކުދިންނާ އެކަންޏެވެ. އަދި އޭނާގެ ދޮށީ ދަރިންނާ ފޯނުން ވާހަކަ ދެއްކުނު ކަމުގައި ވިއަސް، ބައްދަލުކުރުމުގެ ހުއްދަ ދީފައި ނުވެ އެވެ.

ޕިޓް އާއި ޖޯލީގެ ތިބެނީ ހަ ކުދިންނެވެ. އެއީ މެޑޮކް 22، ޒަހަރް 19، ޝިލޯ 18، ޕެކްސް 20، އަދި އެއްމާބަނޑު ދެކުދިން ކަމަށްވާ ނޮކްސް އާއި ވިއަން 15، އެވެ.

ޕިޓް މިހާރު ރަށްޓެހިވެގެން އުޅެނީ ޖުވެލަރީ ޑިޒައިނަރެއް ކަމަށްވާ އިނެސް ދި ރޯމަންއާ އެވެ.

ޕިޓް އެންމެ ފަހުން ކުޅުނީ ފިލްމު "ބްލެޓް ޓްރެއިން" އެވެ. އަދި ޖޯލީ އެންމެ ފަހުން ފެނުނީ "ކަންގް ފޫ ޕެންޑާ 4" އިންނެވެ.