Roadha Mihaaru
ހިއު ޖެކްމަން އާއި ޑެބޯރާލީގެ ކައިވެނި ރޫޅާލަނީ

ހިއު ޖެކްމަން އާއި ޑެބޯރާލީގެ 27 އަހަރު ވީ ކައިވެނި ރޫޅާލަނީ

17 ސެޕްޓެމްބަރ 2023

ހޮލީވުޑްގެ ތަރިން ކަމަށްވާ ހިއު ޖެކްމަން އާއި އޭނާގެ އަނބިމީހާ ޑެބޯރާލީ ފާނެސްގެ 27 އަހަރު ވީ ކައިވެނި ރޫޅާލަން އެ މީހުން ނިންމައިފި އެވެ.

ހޮލީވުޑްގެ ތަރިން ކަމަށްވާ ހިއު ޖެކްމަން އާއި އޭނާގެ އަނބިމީހާ ޑެބޯރާލީ ފާނެސްގެ 27 އަހަރު ވީ ކައިވެނި ރޫޅާލަން އެ މީހުން ނިންމައިފި އެވެ.

ޕީޕަލްސް މެގަޒިން އަށް އެ މީހުން ދިން ޖޮއިންޓް ސްޓޭޓްމަންޓެއްގައި ބުނީ ވަރިވާން ނިންމީ ދެ މީހުންގެ ހިޔާލައި ވިސްނުން މިހާރު ވަރަށް ބޮޑަށް ބަދަލުވެފައި ވާތީ ކަމަށެވެ. އެހެންވެ، އެންމެ ރަނގަޅު ނިންމުމަކީ ދެ މީހުން ވަކިވުން ކަމަށް ފެންނާތީވެ ވަރިވާން ނިންމީ ކަމަށް ވެސް އެ ސްޓޭޓްމަންޓުގައި ބުންޏެވެ.

"އަބަދުވެސް އެންމެ އިސްކަމެއް ދެނީ އާއިލާއަށް. ދިރިއުޅުމުގެ އާ ސަފުހާއެއް މި ފަށަނީ އެއްވެސް ރުޅިވެރިކަމެއް ނެތި ލޯތްބާ އެކު. މި އުނދަގޫ ވަގުތުގައި އަހަރެމެންގެ އާއިލާއަށް ބޭނުންވާ ޕްރައިވެސީ ދިނުމަށް ވަރަށް އިހުތިރާމާ އެކުގައި އެންމެންގެ ފަރާތުން އެދެން،" އެ ބަޔާނުގައިވެ އެވެ.

އޮސްޓްރޭލިއާއަށް އުފަން ޖެކްމަން، 55، އާއި ޑެބޯރާލީ، 67، ގެ ދެ ކުދިން ތިބެ އެވެ. އެއީ 23 އަހަރުގެ ފިރިހެން ކުއްޖަކާއި 18 އަހަރުގެ އަންހެން ކުއްޖެކެވެ.

ޖެކްމަން އާއި ޑެބޯރާލީ ލޯބީގެ ގޮތުން ގުޅުނީ 1995 އަހަރު ގެނެސްދިން އޮސްޓްރޭލިއާގެ ޓީވީ ސީރީޒް "ކޮރެލީ"ގެ ސެޓުން ދިމާވެގެންނެވެ. އެ މީހުން ކައިވެނިކުރީ އޭގެ އަހަރެއްހާ ދުވަސް ފަހުން އެޕްރީލް 11، 1996 ގަ އެވެ.