Roadha Mihaaru
ރޭޕްކުރި މީހާ ފިލަން އެހީވި މީހަކު ހައްޔަރުކޮށްފި

ކުއްޖާ ރޭޕްކުރި މީހާގެ ބަންދު އިތުރުކޮށް އޭނާ ފިލަން އެހީވި މީހަކު ހައްޔަރުކޮށްފި

25 މެއި 2024

އުމުރުން 13 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތިދީ، ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް، އޭނާ ފިލުމަށް އެހީވި މީހަކު ހައްޔަރުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އުމުރުން 13 އަހަރުގެ ކުއްޖަކަށް މަސްތުވާތަކެތިދީ، ރޭޕްކުރި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް، އޭނާ ފިލުމަށް އެހީވި މީހަކު ހައްޔަރުކޮށްފި އެވެ.

ކުއްޖާ ރޭޕްކުރި މައްސަލާގައި 27 އަހަރުގެ މީހަކު ހައްޔަރުކުރީ އިއްޔެ އެވެ. މިކަން ހިނގީ އުތުރުގެ ރަށެއްގައި މިދިޔަ އާދިއްތަ ދުވަހު އެވެ.

ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ބުނީ އެ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

އެ މީހާ ފިލަން އެހީތެރިވި ކަމުގެ ތުހުމަތުގައި 29 އަހަރުގެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުއްޖާ ރޭޕްކުރި މައްސަލަ ފެންމަތިވެ، އެމީހާ ހައްޔަރުކުރުމަށް ގިނަ ބަޔަކު ގޮވާލަމުންދިޔަ އެވެ. އެހެންވެ، އިއްޔެ ފުލުހުން ވަނީ ފޮޓޯ އާ އެކު އެ މީހާ ހޯދުމަށް އިއުލާނުކޮށްފަ އެވެ.