Roadha Mihaaru
ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލަ ބަލަނީ

ކުއްޖަކު ރޭޕްކޮށް، ބަނޑުބޮޑުވި މައްސަލަ ބަލަނީ

30 ޖޫން 2020

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ ކުއްޖާ މިހާރު ބަނޑުބޮޑު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ ކުއްޖާ މިހާރު ބަނޑުބޮޑު ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަަމުން އަންނަނީ ފުލުހުންގެ ކްރައިމް އެގެއިންސްޓް ޗިލްރަން ޑިޕާޓްމަންޓާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ކަމަށެވެ. އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން އަދި ނުބުނެ އެވެ. އިތުރު އެއްވެސް ތަފްސީލެއް ވެސްް އަދި ނުދެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެގޮތުން މާލޭގެ ގެސްޓްހައުސެއްގައި އުމުރުން 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. އެ މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.