27 މެއި 2024
ބެޑްމިންޓަން ތަރި ފާތިމަތު ނާބާހާ އަބްދުރައްޒާގަށް ވިދިވިދިގެން ދެވަނަ ފަހަރަށް އޮލިމްޕިކްސްއިން ޖާގަ ލިބިއްޖެ އެވެ.
ބެޑްމިންޓަން ތަރި ފާތިމަތު ނާބާހާ އަބްދުރައްޒާގަށް ވިދިވިދިގެން ދެވަނަ ފަހަރަށް އޮލިމްޕިކްސްއިން ޖާގަ ލިބިއްޖެ އެވެ.
މި ފުރުސަތާ އެކު އޭނާ ވެފައި ވަނީ، ވިދިވިދިގެން ދެވަނަ އޮލިމްޕިކްސްއިން ޖާގަ ހޯދި ބެޑްމިންޓަންގެ ފުރަތަމަ އެތުލީޓަށެވެ.
ޓޯކިޔޯގައި 2021 ގައި ބޭއްވި 2020 ގެ (ކޮވިޑްގެ ސަބަބުން 2021 އަށް ފަސް ކުރި) އޮލިމްޕިކް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލި އަންހެން އެތުލިޓަކީ، އޮލިމްޕިކްސްގައި ރާއްޖޭން ވާދަ ކުރި ބެޑްމިންޓަންގެ ފުރަތަމަ އަންހެން އެތުލީޓެވެ.
ނަބާ އަށް އޮލިމްޕިކްސްގެ ޖާގަ ދިނީ އޮލިމްޕިކްސްގެ ޓްރައިޕާޓައިޓް ކޮމިޝަނުން، އޭނާގެ ނަތީޖާ އަށް ބެލުމަށް ފަހު އޭނާގެ ނަތީޖާތައް ރަނގަޅު ވުމުންނެވެ.
ޓްރައިޕާޓައިޓް ކޯޓާގެ ޖާގަ ދެނީ، އޮލިމްޕިކްސް ކޮލިފައިން މަރުހަލާގައި ވާދަކޮށް ނެރޭ ނަތީޖާތައް ރަނގަޅު ކުރުމުންނެވެ. މިދިޔަ ތިން އަހަރު ތެރޭ ނަބާހާ އާއި ރާއްޖޭގެ އެހެން ކުޅުންތެރިން ވެސް ވަނީ ގިނަ މުބާރާތްތަކެއްގައި ކުޅެފަ އެވެ.
ނަބާހާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން --- ފައިލް ފޮޓޯ: މުހައްމަދު ޝާބިން | އެމްއޯސީ
ނަބާ އަކީ، އޮލިމްޕިކްސް ޖާގަ ކަށަވަރުވި ރާއްޖޭގެ ދެވަނަ އެތުލީޓެވެ. ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ވަނީ ދެކުނު އޭޝިއާގެ އޮލިމްޕިކްސް ކޮލިފައިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައި އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓްގެ ޝަރފު ހޯދައިފަ އެވެ.
ދެން ރާއްޖޭން ފުރުސަތު ލިބޭނީ ވައިލްޑްކާޑް ދައުވަތުގެ ދަށުން ޖާގަ ލިބޭ އެތުލެޓިކްސް އާއި ސްވިމިން އެވެ.
އޮލިމްޕިކް ކޮމިޓީގެ ޗެއާމަން މުހައްމަދު އަބްދު ސައްތާރު މީގެ ކުރިން ވިދާޅުވެފައި ވަނީ، މި އަހަރު ފްރާންސްގެ ޕެރިހުގައި ބާއްވާ އޮލިމްޕިކްސް އަކީ، ރާއްޖޭން އެންމެ ބޮޑު ކޮންޓިންޖެންޓެއް ވާދަކުރާ އޮލިމްޕިކްސް ގޭމްސް އަށް ވާނެ ކަމަށެވެ.
މި އަހަރުގެ ގޭމްސް އޮންނާނީ ޖުލައި 26 ން އޯގަސްޓް 11 ވަނަ ދުވަހަށެވެ.
ޔޫގާންޑާ ސީރީޒުން ނަބާ އާއި ނަބީ އަށް ލޯ މެޑަލް
ކޫބާއާ ދެކޮޅަށް ނަބާހާ ދެއްކީ ރަނގަޅު ކުޅުމެއް
ސިންދުއާ ދެކޮޅަށް ރާއްޖޭގެ ނަބާހާ ދެއްކީ ހިތްވަރު!
ނަބާގެ ފުރަތަމަ މެޗު، ބޮޑު ޗެލެންޖަކަށް
ވިސާ ނުލިބުމުން ނަބާ އަށް ޓްރޭނިން އަށް ނުދެވުނު
ކަޒަކިސްތާނުގައި ނަބާ، ނަބީއަށް ބްރޯންޒް މެޑަލް
އެފްރިކާގެ އެއްވަނަ އަތުން ނަބާހާ، ނަބީހާ އަށް ރިހި
މެޗެއް ކާމިޔާބުވީ ނަބާ އަދި ނަބީގެ އަށް
ބެޑްމިންޓަންގެ ގައުމީ ތަށި ޒަޔާން އާއި ނަބީހާ އަށް
ބެޑްމިންޓަންގައި ރާއްޖެ، ސްކޮޓްލެންޑާ އެއް ގުރޫޕެއްގައި