ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާ އަށް އިއްޔެ ވަޑައިގެން، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފި އެވެ.
ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ރަސްމީ ދަތުރުފުޅެއްގައި ސައޫދީ އަރަބިއްޔާ އަށް އިއްޔެ ވަޑައިގެން، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައިފި އެވެ.
ދެ ދުވަހުގެ ދަތުރުފުޅެއްގައި ސައުދީގެ ޖިއްދާ އަށް އުރުދުޣާން ވަޑައިގަތުމުން، ރަސްމީކޮށް މަރުހަބާ ވިދާޅުވީ އައްސަލާމް ގަނޑުވަރުގައި، ސައޫދީ ރަސްގެފާނާއި ވަލީ އަހުދެވެ. އުރްދުޣާން ސައޫދީ އަރަބިއްޔާއ އަށް މި ވަޑައިގަތީ، ތުރުކީ ވިލާތާއި މެދުއިރުމަތީގެ ގައުމުތަކާ ދެމެދު ގުޅުން ބަދަހިކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ކަމަށް ތުރުކީ ވިލާތުގެ ރިއާސީ ގަނޑުވަރުން ބުނެ އެވެ.
ތުރުކީ ވިލާތުގައި ހުންނަ ސައޫދީ އަރަބިއްޔާގެ އެމްބަސީގެ ތެރޭގައި، ސައޫދީ އަރަބިއްޔާގެ ނޫސްވެރިޔާ އަދި ކޮލަމިސްޓް ޖަމާލް ޚަޝޯގްޖީ މަރައިލި މައްސަލައިގައި، ތުރުކީ ވިލާތާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތީ ގުޅުން ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ތުރުކީ ވިލާތުން ތުހުމަތުކުރާ ގޮތުގައި އޮޅުވާލައިގެން އެމްބަސީގެ ތެރެއަށް ވައްދައި ޚަޝޯގްޖީ މަރައިލީ، ސައޫދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އަމުރަށެވެ.
އުރުދުޣާންގެ ޝަރަފުގައި ސައޫދީ ރަސްގެފާނު ވަނީ ރޭގަނޑުގެ ފަރިއްކޮޅެއް ދެއްވައިފަ އެވެ. މި ފަރިއްކޮޅުގައި ސައޫދީ ޝާހީ އާއިލާގެ ބޭފުޅުންގެ އިތުރުން، ސައޫދީ ސަރުކާރުގެ އިސް ވެރިންނާއި ތުރުކީ ވިލާތުގެ ބައެއް ވަޒީރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
އިންތިޚާބަށް ފަހު އުރުދުޣާންގެ ފުރަތަމަ ދަތުރު މިސްރަށް
ރައީސް އުރުދުޣާން، ވެރިކަމުގެ އާ ދައުރަކަށް ހޮވިއްޖެ
ތުރުކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ފެށިއްޖެ
އުރުދުޣާން އަށް އިތުރު ދައުރެއްގެ މަގު ތަނަވަސްވެއްޖެ
ތުރުކީ އިންތިޚާބުގެ ވޯޓުލުން ކުރިއަށް
އާލާސްކަންފުޅަށް ފަހު އުރުދުޣާން ކެމްޕެއިނަށް
ސްވިޑްން ނޭޓޯއަށް ވައްދަން އެހީވާނެކަމަށް ހީނުކުރާތި
ރަޝިޔާ އާއި ޔޫކްރޭނުން އަސީރުން ބަދަލުކޮށްފި
ފިންލޭންޑާއި ސްވިޑްން ނޭޓޯއަށް ވައްދަން ތުރުކީ ދެކޮޅު
އުރުދުގާން އާއި ބައިޑެން މަޝްވަރާ ކުރައްވައިފި