ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގުމުން އެ ކުންފުނިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
30 މެއި 2024
ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މީޑިއާގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އެންގުމުން އެ ކުންފުނިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ބިގަށް 78 މިލިއަން ދައްކަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ދައުލަތުގެ މީޑިއާ ހިންގި ދުވަސްވަރު ބިގް ކުންފުންޏާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާތަކެއް ނުދައްކާ އޮތުމުންނެވެ. އޭގެ ތެރެއިން 30 މިލިއަން ރުފިޔާ ދައުލަތުގެ މީޑިއާ މިހާރު ހިންގަމުންދާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ބިގަށް ދޫކުރުމަށްފަހު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކުރީ 2021 ވަނަ އަހަރު އެވެ.
އެ މައްސަލާގައި މިދިޔަ މާޗް މަހު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، ޕީއެސްއެމް ހިމަނައިގެން އެ މައްސަލަ އަލުން ބަލަން އަމުރުކޮށްފަ އެވެ. އެ ހުކުމް އިސްތިއުނާފް ކުރަން މިދިޔަ ހަފުތާގައި ސުޕްރީމް ކޯޓަށް ހުށަހެޅީ ބިގް ކުންފުނީގެ ފަރާތުންނެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
ދައުލަތުގެ މީޑިއާ އެމްއެންބީސީއިން ހިންގުމަށްފަހު ފަހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގާނޫނުގެ ދަށުން ދައުލަތުގެ މީޑިއާ ހިންގުން އެމްބީސީގެ ދަށަށް ބަދަލުކުރި އެވެ. އޭގެފަހުން އެމްބީސީ އުވާލުމަށްފަހު މިހާރު ހިންގަމުންދާ ޕީއެސްއެމްގެ ދަށަށް ދައުލަތުގެ މީޑިއާ އޮތީ ބަދަލުކޮށްފަ އެވެ.
ބިގުގެ މައްސަލަ ހައި ކޯޓަށް ބަލައިގަތުމަށް އަންގައިފި
ބިގަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި
ބިގްގެ މައްސަލައިގައި ސުޕްރީމް ކޯޓަށް
އެމްއެންބީސީގެ ދަރަނި ޕީއެސްއެމުން ދެއްކުމުން ސުވާލު
ޕީއެސްއެމްގެ 3.3 މިލިއަނުގެ މައްސަލަ ސުޕްރީމް ކޯޓަށް
ބިގަށް ފައިސާ ދޭން ނުފޫޒެއް ނުފޯރުވަން: ފައްޔާޒު
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
ސުޕްރީމް ކޯޓުގައި ތަޅުއެޅުވީކަމަށް ވިދާޅުވެ ހައި ކޯޓަށް
މަރުގެ މައްސަލައެއްގައި ބޮޑު ހުކުމެއް ދަމަހައްޓައިފި
ނަޒާހާގެ މައްސަލާގެ ހުކުމް މިމަހު އިއްވަނީ