މޮނާކޯ (ޖޫން 1) - ފްރާންސް ލީގުގެ މޮނާކޯ އަށް ކުޅޭ މާލީ ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ކަމާރާ، ޖޯޒީގައި ޖަގާފައިވާ އެންޓި-ހޯމޯފޯބިއާ ލޯގޯގައި ޓޭޕް އަޅައި ފޮރުވައިގެން ކުޅުމުގެ ސަބަބުން ހަތަރު މެޗަށް ސަސްޕެންޑް ކޮށްފި އެވެ.
މޮނާކޯ (ޖޫން 1) - ފްރާންސް ލީގުގެ މޮނާކޯ އަށް ކުޅޭ މާލީ ގައުމީ ޓީމުގެ ކުޅުންތެރިޔާ މުހައްމަދު ކަމާރާ، ޖޯޒީގައި ޖަގާފައިވާ އެންޓި-ހޯމޯފޯބިއާ ލޯގޯގައި ޓޭޕް އަޅައި ފޮރުވައިގެން ކުޅުމުގެ ސަބަބުން ހަތަރު މެޗަށް ސަސްޕެންޑް ކޮށްފި އެވެ.
ކަމާރާއަކީ އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގުން މަގުބޫލުކަން ހޯދައިގެން މިދިޔަ ސީޒަންގައި (2022/2023) ގައި 15 މިލިއަން ޔޫރޯގެ އަގަކަށް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް މޮނާކޯއަށް ގެނައި ޑިފެންސިވް މިޑްފީލްޑަރެކެވެ. އޭނާ ވަނީ މިހާތަނަށް މާލީގެ ގައުމީ ޓީމަށް 24 މެޗު ކުޅެދީ ތިން ގޯލު ޖަހައިދީފަ އެވެ.
އުމުރުން 24 އަހަރުގެ މި މުސްލިމް ކުޅުންތެރިޔާ އޭނާގެ ޖޯޒީގައި ޖަހާފައިވާ އެއްޖިންސުން ގުޅުން ހިންގުމަށް ތަރުހީބުދޭ ލޯގޯ ފޮރުވައިގެން ކުޅެފައިވަނީ މިދިޔަ މަހު ލީގުގައި ނޯންޓްސް އާ ދެކޮޅަށް ކުޅެ 4-0 އިން މޮޅުވި މެޗުގަ އެވެ. އެ މެޗުގައި އޭނާ ގޯލެއް ވެސް ޖެހި އެވެ.
ފްރާންސްގެ ލީގު ހިންގާ އެސޯސިއޭޝަން، ލީގު ޑި ފުޓްބޯޅަ ޕްރޮފެޝަނަލް (އެލްއެފްޕީ) އިން ނެރުނު ބަޔާނުގައި ވަނީ، ކަމާރާ ސަސްޕެންޑް ކުރަން ނިންމީ އޭނާގެ ވާހަކަތައް އަޑު އަހައި، ހޯމޯފޯބިއާއާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރިޔަށް އޮތްތާނގައި ވެސް ކުޅުންތެރިޔާގެ ފަރާތުން އެއްބާރުލުމެއް ނުލިބޭނެތީ ކަމަށެވެ.
މިދިޔަ ހަފުތާގައި ފްރާންސްގެ ކުޅިވަރު މިނިސްޓަރު އަމެލީ އޮޑެއާ-ކާސްޓެރާ ވަނީ، ކަމާރާއަށް "އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް" އަޅަން ޖެހޭނެ ކަމަށް ބުނެ އެގައުމުގެ ރޭޑިއޯ ސްޓޭޝަން އާރުޓީއެލް ގައި ވާހަކަ ދައްކައިފަ އެވެ.
ފްރާންސް ލީގުގައި މި ނިމުނު ސީޒަންގެ ފަހު މެޗުގައި ހުރިހާ ކްލަބަކުން ވެސް ވަނީ ޖޯޒީގައި އެންޓި-ހޯމޯފޯބިއާ ލޯގޯ ޖަހައިފަ އެވެ. އަދި އޭގެ އިތުރުން ޖޯޒީގައި ޖަހާފައިވާ މުބާރާތުގެ ލޯގޯގައި ވެސް ހުރީ އެއް ޖިންސުން ގުޅުން ހިންގުމަށް ތަރުހީބު ދިނުމުގެ ގޮތުން ވިއްސާރަދުނީގެ ކުލަތައް ބޭނުންކޮށްފަ އެވެ.
އެ މެޗުގައި، ކަމާރާ ކުޅެފައި ވަނީ މުބާރާތުގެ ލޯގޯގައި ކަޅުކުލަ ޖައްސައިގެންނެވެ.
ކަމާރާ އަށް ލިބުނު އަދަބާ ގުޅިގެން މާލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަމާރާގެ ދިފާއުގައި ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ވަނީ، "ކުޅުންތެރިންނަކީ ވެސް އެހެން މީހުން ފަދައިން ރައްޔިތުން ކަމަށާއި، އެމީހުންގެ އަސާސީ ހައްގުތައް ކޮންމެ ހާލެއްގައި ވެސް ހިމާޔަތް ކުރަން ޖެހޭނެ" ކަމަށެވެ.
ނަމަވެސް މޮނާކޯގެ ޗީފް އެގްޒެކެޓިވް ތިއާގޯ ސްކޫރޯ ވަނީ އެލްއެފްޕީގެ އެ ނިންމުމަށް ތާއީދުކޮށް، ކްލަބްގެ ފަރާތުން ކަމާރާއާ މަޝްވަރާ ކުރާނެ ކަމަށް ފްރާންސްގެ މީޑީއާތަކަށް މައުލޫމާތު ދީފަ އެވެ.
މޮނާކޯ ފޯވާޑްގެ ބޫޓު ގޮސް އެރީ ޑޮނަރުއްމާގެ މޫނަށް
13 އަހަރުތެރޭ 10ވަނަ ފަހަރަށް ޕީއެސްޖީއަށް ލީގު
ނޭޕާލްގެ އަންހެން ފޯވާޑް ޔޫރަޕްގެ އެންމެ ބޮޑު ލީގަށް
އެމްބާޕޭގެ އުފަންދުވަހު ކޮއްކޮ ދަނޑަށް!
ލިޔޯންގެ ބަހަށް ގާއުކައި ކޯޗު ޒަހަމްކޮށްލައިފި
އެމްބާޕޭގެ ގޯލުތަކާ އެކު ވެސް ޕީއެސްޖީ ބަލިވެއްޖެ
ޕީއެސްޖީ އަށް ސީޒަނުގައި ފުރަތަމަ މޮޅު
ތަށި ހޯދިޔަސް ޕީއެސްޖީން ގަލްޓިއޭ އަށް ޖާގައެއް ނެތް
ޕީއެސްޖީ ފްރާންސް ލީގުގެ އެންމެ އުހަށް
މެސީ އެނބުރި އައި މެޗުގައި ސަޕޯޓަރުންގެ ނުރުހުން