ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
03 ޖޫން 2024
ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި މިވަގުތު ދިވެހިރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން ރައީސް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ މިއަދު ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ދިވެހިރައްޔިތުންގެ ކުރިއެރުމަށް ކުރަން ރާވާފައިވާ ކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގެ ޔަގީންކަން އަބްދުއްރަހީމް، ރައީސަށް މިއަދު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން ވެސް ދެ ބޭފުޅުން ރާއްޖޭގެ އިގްތިސާދާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ތިމާވެށި ހިމާޔަތް ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި މެޖޯރިޓީ ލީޑަރު ފަލާހު ބައިވެރިވެވަޑައިގަތް. -- ފޮޓޯ: ރައީސް އޮފީސް
މި ސަރުކާރުގައި ރައީސްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމަކީ ސިޔާސީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ އެންމެ ގާތް ބޭފުޅާ އެވެ. މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ މެމްބަރުކަމަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވުމުން، މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމްގެ ނަންފުޅު ހުށަހަޅުއްވީ ވެސް ރައީސް މުއިއްޒު އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖެ އަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެންނެވުމަށް ކަމަށާއި ރައްޔިތުންގެ މަޖިލިސް ވެސް ހިނގާނީ އެ ފިޔަވަޅު މަތީގައި އެ ސިޔާސަތުތައް ތަންފީޒުކޮށް، ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަންކަން ނިންމަން ކަމަށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު މަޖިލީހުގައި ފުރަތަމަ ދެެއްކެވި ވާހަކަފުޅުގައި ވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
މުސާރަ އުނިކުރަން މަޖިލިސް ރައީސް ވެސް ނިންމަވައިފި
މުރައިދޫގޭ މުވައްޒަފުންގެ އަދަދުދޭން ރައީސް އަންގަވައިފި
އެންމެ ޒިންމާދާރު މަޖިލީހަށް ހައްދަވައިދެެއްވާ: ރައީސް
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ޒަކިއްޔާގެ މަރު: ކުއްލި މައްސަލަތައް ބަލައެއް ނުގަތް
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"