ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނު އިސްލާހުކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެފައިވާ މެމްބަރަކު ޕާޓީން ވަކިވެއްޖެ ނަމަ މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނު އިސްލާހުކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މާލޭގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހެންވޭރުގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި މީހަކު ވަނީ، ރައްޔިތުންގެ ބަހެއް ނުހޯއްދަވައި ރައްޔިތުންނާ ސީދާ ގުޅުން ހުރި ބޮޑެތި ނިންމުންތައް ރައީސް ނިންމަވާ ކަމަށް ތުހުމަތު ކޮށްފަ އެވެ.
"އަޅުގަނޑުމެން ވޯޓުލައިގެން އިންތިހާބު ކުރާ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ އަޅުގަނޑުމެންގެ ހިޔާލެއް މަޝްވަރާއެއް ނުހޯއްދަވާ. އަޅުގަނޑުމެންގެ ދާއިރާ މެންބަރުގެ މެންބަރުކަން ގެއްލުވާލުމުގެ ބާރު މަނިކުފާނުގެ އަތްޕުޅަށް ނެންގެވިއިރު، ހަމަ ޔަގީނުން ވެސް ދާއިރާގެ ރައްޔިތުންގެ ހިޔާލެއް ނުހޯއްދަވާ. ކޮބައިތޯ ރައްޔިތުންގެ ބާރު؟ ކޮބައިތޯ ރައްޔިތުންގެ ހިޔާލު؟،" އޭނާ ރައީސްއާ ސުވާލުކުރި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި، އެ މަނިކުފާނު ވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުފުޅު ކުރައްވައި، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވައިފަ އެވެ.
އަދި ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ، ރައްޔިތުން ހިއްސާކުރާ ހިޔާލާއި މަޝްވަރާއާ އެއްގޮަތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ރޭ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަންނަަވަނީ.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެ އަށް ބާރު ދެއްވަމުން، ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި މިހާރު ވޯޓެއް ނެގިޔަސް، ވޭޕް މަނާކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް ގެނައި ޖެނެރޭޝަނަލް ބޭން އަދި ޑްރަގު ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގެނައި އިސްލާހުތަކަށް "90 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން ތާއީދު ކުރާނެ" އެވެ.
"ރައްޔިތުންގެ މަންދޫބުން ހޮވާފައި މި ތިބެނީ ވަކި ގޮތަކަށް. ވަކި ޕާޓީއަކުން ކުރިމަތިލީމަ ވޯޓު ދިނީ، މިނިވަންކޮށް ކުރިމަތިލީމަ ވޯޓު ދެނީ މިސާލަކަށް. އެ ބަދަލު ގެންނަންޏާ އެއީ ރައްޔިތުންގެ ނިންމުމާ ހިލާފަށް ކުރާ ކަމަކަށް ވާތީ، އެއީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވުމަށް ގެނައި ބަދަލެއް،" މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އިސްލާހު ގެނައި ސަބަބު ސާފުކޮށް ދެއްވަމުން ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނުތަކާއި ގަވާއިދުތަކަށް މިފަދަ އިސްލާހުތައް ގެންނަވަނީ، ރައްޔިތުންގެ "ވިންދާއި އިހުސާސްތައް" ރަނގަޅަށް އެނގިވަޑައިގެން ހުންނަވައިގެންނެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭ ގޮތަށް މަޖިލީހުން ގާނޫނު އަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.
ގާނޫނުއަސާސީ އަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގެނެސް މިހާރު އަމަލުކުރާ އިސްލާހުގައިވާ ގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ.
އަތޮޅު ކައުންސިލުތައް އުވާލާ އިސްލާހު މަޖިލީހަށް
މިނިސްޓަރުން މަޖިލީހަށް ހާޒިރުނުވާތީ އިދިކޮޅުގެ ސިޓީއެއް
ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުން ހުއްޓާލައިފި
ކުރީގެ ރައީސުންގެ އޮފީސް ހަރަދު ކަނޑާލައިފި
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ފިސްކަލްޒިންމާގެ ޗާޓަރު ހަދަންޖެހޭ މުއްދަތަށް ދެ އަހަރު
އަތޮޅު ކައުންސިލް އުވާލުމުގެ ބިލް ތަސްދީގު ކުރައްވައިފި
މެސެޖާ ގުޅިގެން އަސްމާ މާފަށް އެދިވަޑައިގެންފި
ރައްޔިތުންގެ މަޖިލިހުން 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރަން ހުށަހަޅައިފި
ގޮނޑި ގެއްލޭއިރު ރައްޔިތުންގެ ވޯޓަށް ނުދާން ފާސްކޮށްފި