ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
20 ފެބުރުއަރީ 2025
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައީސް އޮފީހުގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
މެންދުރު ފަހުގެ ވަގުތެއްގައި ރައީސް މުއިއްޒާއި މަޖިލިހުގެ ރައީސް އަބްދުއްރަހީމް ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އެއީ ރައްޔިތުންގެ މަޖިލިހުގެ މި ދައުރަށް ސަރުކާރުން ފޮނުވި ބިލްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވުމުގެ ބައްދަލުވުމެއް ކަމަށެވެ.
"މި ބައްދަލުކުރެއްވުމަކީ، މިދިޔަ އަހަރު ވެސް ކޮންމެ ދައުރެއްގެ ކުރީކޮޅު ކުރިއަށް ގެންދަވާފައިވާ ފަދަ މަޝްވަރާ ބައްދަލުވުމެއް،" ހީނާ "އެކްސް" ގައި ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ހީނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒާއި މަޖިލިހުގެ ރައީސް އަބްދުއްރަހީމާ ދެމެދުގައި ނުތަނަވަސްކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް މިދިޔަ މަހުގެ 28 ގައި ރައީސް ވަނީ އަބްދުއްރަހީމްގެ ދަރިކަލުން އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކި ކުރައްވައިފަ އެވެ. މިއީ އޭގެ ފަހުން ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
އެ ދުވަސްވަރު ވަނީ މަޖިލިހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރަން އުޅޭ ކަމުގެ އަޑުތައް ވެސް ގަދަވެފަ އެވެ. އެކަމަކު އެފަދަ އެއްވެސް މަސައްކަތެއް ޕީޖީގެ ތެރޭގައި ނުހިނގާ ކަމަށް ޕީއެންސީން ބުނެފައި ވެ އެވެ.
އެންމެ ޒިންމާދާރު މަޖިލީހަށް ހައްދަވައިދެެއްވާ: ރައީސް
"ރައީސް ބައްލަވަނީ ކޮރަޕްޝަން ހިންގި މީހާއަކަށް ނޫން"
"2028ގައި ޕީއެންސީގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު"
މުސާރަ އުނިކުރަން މަޖިލިސް ރައީސް ވެސް ނިންމަވައިފި
މުރައިދޫގޭ މުވައްޒަފުންގެ އަދަދުދޭން ރައީސް އަންގަވައިފި
ރައީސް، މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި
މައިނޯރިޓީ އަށް ދޭން ޖެހޭ ޖާގަ ދޭނަން: ޕީއެންސީ
"މަޖިލިސް ހިނގާނީ އިންގިލާބީ ބަދަލުތަކާ އެއްގޮތަށް"
މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް
މަޖިލިހުގެ ރައީސަކަށް އަބްދުއްރަހީމް، ނައިބަކަށް ނާޒިމް