Roadha Mihaaru
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ފަރުދީ ޒިންމާއެއް: ސާޖިދާ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ފަރުދީ ޒިންމާއެއް: ފަސްޓް ލޭޑީ

07 ޖޫން 2024

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ފަރުދީ ޒިންމާއެއް ކަމަށާއި މުޖުތަމައުގައި ދިރިއުޅޭ އެންމެންގެ ސަލާމަތަށްޓަކައި އެކަމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ޖަލްސާގައި ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަކި އިދާރާއަކުން ނޫނީ ވަކި މުއައްސަސާއަކުން އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.

އެއީ މުޅި މުޖުމަތައުގެ އެންމެހާ ރައްޔިތުންނާ ވެސް ގުޅިފައިވާ ކަމަކަށްވާއިރު، ފަރުދީ ގޮތުން ކޮންމެ ރައްޔިތަކު ވެސް އަދާކުރަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް ސާޖިދާ އިލްތިމާސްކުރެއްވި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ފާހަގަކުރުމުގެ އެންމެ މައިގަނޑު ބޭނުމަކީ ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުން ކަމަށް ސާޖިދާ ވިދާޅުވި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ފަސްޓްލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ފަސްޓްލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

އަދި، ކާބޯތަކެތީގެ ޒަރިއްޔާއިން ބަލިފެތުރޭ ގޮތްތަކަށް އަހުލުވެރިކުރުމާއި، ރައްކާތެރިގޮތުގައި ބޯފެން އަދި ކާބޯތަކެތި ބޭނުންކުރުމުގެ އުސޫލުތައް ފުރިހަމަ ގޮތުގައި އަންގައިދިނުމާއި، ދިފާޢީ ނިޒާމު ރައްކާތެރިކޮށްދޭ ކާނާއަށް ޝައުޤުވެރިކަން އިތުރުކުރުން ވެސް މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަގްސަދުގައި ހިމެނޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

"ކާބޯތަކެއްޗަކީ އިންސާނާގެ ދިރިހުރުމަށާއި، ދުޅަހެޔޮކަމަށް އެންމެ މުހިންމު އެއް ވަސީލަތް. އިންސާނީ ހަޔާތުގެ ތަރައްގީއަށް، އިންސާނުންގެ ތޫނުފިލިކަމަށް، އިންސާނުންގެ ރޫފަހެޔޮކަމަށް، ކާނާ މުހިންމުވޭ. މި ކަމުގެ ހޭލުންތެރިކަމާއި ޝައުޤުވެރިކަން މުޖުތަމައުގައި އޮންނަންޖެހޭ،" މި ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސާޖިދާ ވިދާޅުވި އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ފަސްޓްލޭޑީ ސާޖިދާ، ހެލްތް މިނިސްޓަރު ހަލީލް އާއެކުގައި -- ފޮޓޯ: ރައީސް އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޖަލްސާގައި ފަސްޓްލޭޑީ ސާޖިދާ، ހެލްތް މިނިސްޓަރު ހަލީލް އާއެކުގައި -- ފޮޓޯ: ރައީސް އޮފީސް

ސާޖިދާ ވިދާޅުވީ މި އަހަރުގެ ޝިއާރެއްގެ ގޮތުގައި 'ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ!" ކަނޑައެޅުމަކީ ވެސް ދުޅަހެޔޮ ކަމާއި ރައްކާތެރި ކާނާއާ ގުޅިފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެކަމަނާ ވަނީ މިފަދަ ކާބޯތަކެތީގެ ރައްކާޓެރިކަމަށް މަސައްކަތް ކުރަމުން އަންނައިރު، ދާދި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލުގެ މުހިންމު ކަން ވެސް ފާހަގަކުރައްވައިފަ އެވެ.