ކުރިއަށް އޮތް ބޮޑު އީދަށް މަގުތައް ދިއްލަން ލައިޓު ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
10 ޖޫން 2024
ކުރިއަށް އޮތް ބޮޑު އީދަށް މަގުތައް ދިއްލަން ލައިޓު ހަރުކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
އީދުގެ އުފާފާޅުކުރަން، ގިޑިގެތަކާއި ކުލަބޮކިތަކުން މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިމާލެ ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު މިދިޔަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ފެއްޓެވި މަސައްކަތެކެވެ.
އޭގެ ފަހުން މުޅި ރާއްޖޭގައި ކުލަ ގަދަކޮށް މި އަހަރުގެ ފިތުރު އީދު ފާހަގަކުރަން ލައިޓްތަކުން ދިއްލި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގައި ލައިޓުތައް ހަރުކުރުމުގެ މަސައްކަތް އިއްޔެ ފަށާފައިވާ ކަމަށެވެ. އެ މަސައްކަތުގައި ހަރަކާތްތެރިވަނީ ކައުންސިލްގެ މުވައްޒަފުންނާއި ސްޓެލްކޯގެ މުވައްޒަފުންނެވެ.
އީދު ލައިޓު ހަރުކުރުމުގެ މަސައްކަތުގައި ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
އީދު ދުވަސް ފާހަގަކުރަން މިދިޔަ އީދުގައި އެކި ރަށްތައް ދިއްލި އެވެ. އަތޮޅުވެރިކަން ކުރާ ރަށްތަކުގެ އިތުރުން އެހެން ރަށްތައް ވެސް ކައުންސިލްތަކާ ގުޅިގެން މިގޮތަށް ދިއްލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
މިދިޔަ އީދުގައި ވަނީ ޖުމްހޫރީ މައިދާން ސަރަހައްދާއި މާލޭގެ އެކި މަގުތައް ލައިޓްތަކުން ދިއްލައި ޒީނަތްތެރިކޮށްފަ އެވެ. އަދި ތަފާތު ޑިޒައިންތަކަށް ހަދާފައިވާ ތަފާތު އެއްޗެހިން ހުޅުމާލެ ވެސް ދިއްލައިލި އެވެ.
މި އަހަރުގެ ފިތުރު އީދަށް ބޮކިތަކާއި ގިޑިގެތަކުން ޖުމްހޫރީ މައިދާން ދިއްލާފައި ހުރި އިރު ބަޔަކު އެތަނުގައި ފޮޓޯ ނަގަނީ .-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މި އަހަރު މާލޭގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު، މިދިޔަ އީދުގައި ވަނީ ކުލަ ޖެހުމާއި ކޯޑި ނެރުމާއި މާލި ނެރުމާއި އީދު ޝޯއެއްގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތް ވެސް ބާއްވައިފަ އެވެ.
މި އަހަރު ރަސްމީކޮށް އީދު ފާހަގަކުރަން ސަރުކާރުން ނިންމާފައި ވަނީ ގއ. ވިލިނގިއްޔާއި ދ. ކުޑަހުވަދޫގެ އިތުރުން ރ. އުނގޫފާރެވެ.
ރޯދަމަހަށް ކަރަންޓު ވަކި ބިލެއް ހަދައި ޑިސްކައުންޓުދެނީ
ސަލްޓަން ޕާކު މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ
"މަރާމާތުގެ މަސައްކަތް ފަށަން ދަނީ ތައްޔާރުވަމުން"
ރަސްފަންނުގެ ހާލަތު ފެނިފައި ހިތާމަކުރަން: ރައީސް
ޕަމްޕް ސްޓޭޝަނަށް މިނިސްޓްރީން ވަގުތީ ހައްލެއް ހޯދައިފި
ކަރަންޓު ކެނޑޭ މައްސަލަ ރޯދައިގެ ކުރިން ހައްލުކުރަނީ
މުނިސިޕަލްހިދުމަތް ފަށަން، ވިޔަފާރި ބިންތައް ދޭން ދަތި
މަގުމަތީގައި އުޅޭ ބުޅާތަކަށް "އޮޅު ހިޔާ" ހުޅުވައިފި
"ކައުންސިލް ބާރުވެރިކުރުވަން މިދަނީ އަމަލުދިމާކުރަމުން"
އާ ސަހަރާގެ މިސްކިތުގެ މަސައްކަތް ނިންމައި ހުޅުވައިފި