މޯލްޑިވްސް ޕޯސްޓުގެ އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް)އިން އީދަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
12 ޖޫން 2024
މޯލްޑިވްސް ޕޯސްޓުގެ އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް)އިން އީދަށް ހާއްސަކޮށްގެން ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ، ހާއްސަ ލަކީޑްރޯއެއް ހިމަނައިގެން ކުރިއަށް ގެންދާ ޕްރޮމޯޝަނެކެވެ.
ޕޯސްޓުން ބުނި ގޮތުގައި މި ލަކީޑްރޯއިން ތިން ނަސީބުވެރިއެއް ހޮވާނެ އެވެ. އަދި އެ މީހުންނަށް ފޮނުވާ ޕެކޭޖުން ދެ ކިލޯގްރާމަށް ޑިސްކައުންޓު ދިނުމަށް ވަނީ ނިންމައިފަ އެވެ.
މި ޑިސްކައުންޓަކީ ދެ ކިލޯ ހަމަނުވާ ޕެކޭޖެއް ނަމަ، ފަހުން ވެސް ބޭނުން ކުރެވޭނެ ޑިސްކައުންޓެކެވެ. ޑިސްކައުންޓު ބޭނުން ކުރެވޭނީ މި އަހަރުގެ ޑިސެމްބަރުގެ ކުރިންނެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.
އީއެމްއެސް އަކީ ރާއްޖެއިން ބޭރަށް ލިޔެކިއުން އަދި ޕެކޭޖްތައް ޕޯސްޓް ކުރެވޭ އަވަސް އަދި ހަރަދު ކުޑަ ޕޯސްޓަލް ހިދުމަތެކެވެ.
މޯލްޑިވްސް ޕޯސްޓުން ދޭ މި ހިދުމަތް މެދުވެރިކޮށް ފޮނުވާ ޕެކޭޖްތައް، ރަސްމީ ތިން ދުވަހާއި ފަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވޭނެ އެވެ. މި ހިދުމަތް ހޯދާ ފަރާތްތަކަށް ޓްރެކްކޮށް ޕެކޭޖުގެ އަޕްޑޭޓް ވެސް މޯލްޑިވްސް ޕޯސްޓްގެ ވެބްސައިޓް އިން ބެލޭނެ އެވެ.
އެ ވެބްސައިޓުގައި އީއެމްއެސް މެދުވެރިކޮށް ޕޯސްޓު ކުރަން ބޭނުންވާ ތަކެއްޗަށް އަރާނެ ޕޯސްޓެޖް ފީ އާއި ޕޯސްޓު ކުރެވޭނެ ގައުމުތަކުގެ މައުލޫމާތު ވެސް ލިބޭނެ އެވެ.
އީޓުކުރީގެ ހާއްސަ ސްޓޯލެއް ރަށު އެކްސްޕޯގައި
އީޓުކުރި އިންޓަނޭޝަނަލްގެ ބޮޑު ޕްރޮމޯޝަނެއް
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
މޯލްޑިވްސް ޕޯސްޓުން އެސްއެމްއީތަކަށް ފޯރަމެއް
އެމްޕީއެލްގެ ޑިވިޑެންޑްގެ ގޮތުގައި 67.5 މިލިއަން
އެމްޕީއެލްގެ ލީޑް މެނޭޖަރަކަށް ފަސްޓް ނޭޝަނަލް
ޕޯސްޓް ލިމިޓެޑްގެ އެމްޑީއަކަށް އާދަމް މުހައްމަދު
އެމެރިކާގެ ސަމާ ސޭލްއާ އެކު އީ-ޓުކުރިން ޑިސްކައުންޓް
އެމްޕީއެލްއިން 13.2 މިލިއަން ރުފިޔާ ހޯދަން ކޯޓަށް
އީ-ޓުކުރިން ދިވެހި އުފެއްދުންތަކަށް ހާއްސަ ހިދުމަތެއް