Roadha Mihaaru
ސްޓެލްކޯ އިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ ދީފި

ސްޓެލްކޯ އިން ފަލަސްތީނަށް ފަސް ލައްކަ ރުފިޔާ ދީފި

12 ޖޫން 2024

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިހާރު ކުރިއަށް ގެންދާ ޓެލެތޯން އަށް ސްޓެލްކޯ އިން ފަސް ލައްކަ ރުފިޔާ ދީފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިހާރު ކުރިއަށް ގެންދާ ޓެލެތޯން އަށް ސްޓެލްކޯ އިން ފަސް ލައްކަ ރުފިޔާ ދީފި އެވެ.

އެ ކުންފުނިން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަކަށް "ފަލަސްތީނާ އެކު ދިވެހީން" ގެ ނަމުގައި މިރޭ ދަންވަރު 12 ޖަހަންދެން ކުރިއަށް ގެންދާ ޓެލެތޯން އަށް އެހީ ފޯރުކޮށްދިނީ މުވައްޒަފުންގެ ފަރާތުންގެ ކަމަށެވެ.

އެ ޓެލެތޯނުގައި ސްޓެލްކޯގެ އިސްވެރިންނާއި މުވައްޒަފުން ވަނީ އެ ކުންފުނީގެ މައި އިމާރާތުގެ ކުރިމަތީގައި ވަނީ ފަންޑު ފޮއްޓެއް ވެސް ބަހައްޓައިފަ އެވެ.

ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި ހަ ގަޑިއިރު ތެރޭ 1.8 މިލިއަން ރުފިޔާ ވަނީ އެއްކޮށްފަ އެވެ.

މިއަދު ހެނދުނު އަށެއް ޖެހިއިރު އެ ޓެލެތޯން ފައްޓަވައި ދެއްވީ ރައީސް މުއިއްޒެވެ. އެ މަނިކުފާނު ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހިން އިތުރު ހަރުފަތަކަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.

ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެ އެވެ. ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ޖަމާކުރެވޭނެ ކަމަށް ޕީއެސްއެމުން ބުންޏެވެ.