ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ވަފުދެއް ކުރެއްވި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.
14 ޖޫން 2024
ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ވަފުދެއް ކުރެއްވި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިރޭ ބުނެފި އެވެ.
ކޮންމެ 10 އަހަރުން އެއް ފަހަރު ބާއްވާ ސިޑްސް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ކެރީބިއަންގެ ގައުމެއް ކަމަށްވާ އެންޓީގާ އެންޑް ބާބިއުޑާ އަށް ރައީސް މުއިއްޒު ވަޑައިގަތީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ހަތް ދުވަހުގެ އެ ދަތުރުފުޅުގައި ރައީސާ އެކު 16 ބޭފުޅުންގެ ވަފުދެއް ބައިވެރިވި އެވެ.
ރައީސް އޮފީހުން އާންމުކުރި އެ ދަތުރުފުޅުގެ ތަފްސީލުގައިވާ ގޮތުން 16 ބޭފުޅުންގެ ޓިކެޓަށް 2.6 މިލިއަން ރުފިޔާ ހަރަދުވިއިރު، އެކޮމޮޑޭޝަނަށް ހަ ލައްކަ ރުފިޔާ އަދި ދަތުރުފަތުރުގެ ހަރަދަށް 271،000ރ. ހަރަދުވި އެވެ. ޕޮކެޓް މަނީގެ ގޮތުގައި 141،000ރ. ހަރަދުވި އެވެ. ވަފުދުގެ ހުރިހާ ބޭފުޅުންގެ ފަރިއްކޮޅަށް 164،000ރ. ހަރަދުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ސްޓޮޕް އޯވާ އާއި އިންސިޑެންޝަލްގެ ގޮތުގައި ހަރަދުވި 23،000ރ. މިލިއަން ރުފިޔާއާ އެކު، ޖުމްލަ 3.6 މިލިއަން އެ ދަތުރުފުޅަށް ހަރަދުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ދުނިޔޭގެ ޖަމާއަތްތަކާއި މާލީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި، އެ އިދާރާތަކުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ހޯއްދެވި އެވެ. އޭގެ ތެރޭގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ނައިބު ރައީސާއި އދ. ގެ ސެކެޓްރީ ޖެނެރަލްގެ އިތުރުން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އަދި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އާއި ތިމާވެށްޓަށް އިންވެސްޓަރުންގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ލިބުނު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
މި ފަހަރުގެ ކޮންފަރެންސްގެ ވައިސް ޗެއާއެއްގެ ގޮތުން ހަމަޖައްސާފައި އޮތީ ރާއްޖެ އެވެ. އެ ކޮންފަރެންސްގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރެއްވުމަށް ކުރާނެ ބައެއް މުހިންމު ކަންކަން ވެސް އިއުލާން ކުރައްވައިފަ އެވެ.
ރައީސް މުއިއްޒަށް އެސްޓޯނިއާއިން ހޫނު މަރުހަބާއެއް
ނުވަ ގައުމަކަށް ރައީސް ސަފީރުން އައްޔަންކުރައްވައިފި
ތުރުކީ-ދުބާއީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
9.4 ބިލިއަނަށް ޑެފިސިޓު ތިރިކުރަން އަމާޒު ހިފައިފި
ދެ ގައުމެއްގެ އާ ސަފީރުންގެ ފަތްކޮޅު އަރުވައިފި
"ފްލެޓު އަޅައިގެން ރަށްރަށުން މީހުން އާބާދުކުރަން ތާއިދުކުރަން"
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ރާއްޖެ-އިންޑިއާ ގުޅުން ފުޅާކުރަން އެއް ވިސްނުމެއްގައި
ސަރުކާރުން ދޭ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރަނީ