އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ގައި ބާއްވަން ނިންމައިފި އެވެ.
16 މެއި 2023
އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 31 ގައި ބާއްވަން ނިންމައިފި އެވެ.
އެ ކުންފުނިން ބުނީ، ޖަލްސާ އަށް ހާޒިރުވެގެންނާއި ޕްރޮކްސީކޮށް އަދި އޮންލައިންކޮށް މައިކްރޮސޮފްޓް ލައިވް އިވެންޓްސް މެދުވެރިކޮށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.
? Attention shareholders! ?
— STO (@stoplc) May 15, 2023
Join us at our Annual General Meeting 2022 on May 31st, 2023, 20:30hrs at Hulhumale Central Park and online via Microsoft Teams Live Events. Visit https://t.co/ya1dNKJXPl for details and register at https://t.co/cfv92xvC2J. #STOAGM2022
ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ބާއްވާ ޖަލްސާގައި ބައިވެރިވާން ބޭނުންވާ މީހުން މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30 ގެ ކުރިން އެސްޓީއޯގެ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓަރީ ކުރަން ޖެހެ އެވެ.
އޮންލައިންކޮށް ބައިވެރިވާން ބޭނުންވާ މީހުން ނަމަ ޖަލްސާ އޮންނަ ރޭގެ 8:25 ގެ ކުރިން ލޮގިން ވުމަށް އެސްޓީއޯ އިން އެދުނެވެ.
އެސްޓީއޯގެ ފައިދާއިން 2022 ވަނަ އަހަރު ހިއްސާދާރުންނަށް ބަހަން ހުށަހެޅުމަށް، ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ ހިއްސާއަކަށް 77ރ. އެވެ. ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ މަހުގެ 24 ގެ ނިޔަލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ހިމެނުނު މީހުންނަށެވެ.
އެސްޓީއޯ: އެންމެ ބޮޑަށް ފުޅާވީ ޝިޕިން ދާއިރާ
ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 235 މިލިއަން
އެސްޓީއޯއަށް ފުރަތަމަ ކުއާޓާގައި 368 މިލިއަން ރުފިޔާ
އެސްޓީއޯގެ ފައިދާ މައްޗަށް، ގްރޫޕުގެ ފައިދާ ދަށަށް
އެސްޓީއޯ ގްރޫޕަށް 383 މިލިއަން ރުފިޔާގެ ސާފު ފައިދާ
ހުޅުމާލެ ހޮޓަލުން 210 މިލިއަން ރުފިޔާގެ ގެއްލުން!
އެސްޓީއޯއަށް މިދިޔަ އަހަރު 30 މިލިއަން ރުފިޔާ ފައިދާވި
އެސްޓީއޯއިން ހޯލްސޭލުކޮށް ކާށި ވިއްކަނީ
އެސްޓީއޯއިން ވިއްކަނީ މީހަކަށް ލޮނުމެދު ކިލޯއެއް
އެސްޓީއޯއިން ލޮނުމެދު ކިލޯއެއް 45ރ. އަށް