Roadha Mihaaru
ބަކާ އެންމެ ފަހުން އެދުނީ ދުއާ ފޮތަކަށް!

ބަކާގެ އެންމެ ފަހު މެސެޖު "ޝައިހު ދުއާ ފޮތް ފޮނުވާލަދެއްޗޭ"

25 ޖޫން 2024

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފު (ބަކާ) މިއަދު ހަވީރު ނިޔާވުމާ އެކު، ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ސޯޝަލް މީޑީއާ އަށް ދޫކޮށްލެއްވީ އޭނާއާ އެންމެ ފަހުން ކުރި މުއާމަލާތް ފެންނަ މެސެޖެކެވެ. ހައްޖުގެ އަޅުކަމަށް ގޮސް މިނާގައި ހުރެފައި [މި މަހުގެ 14 ވަނަ ދުވަސް] އަލީ ޒާހިރަށް ގުޅައި ބަކާ އެދުނީ އެންމެ ކަމަކަށެވެ. އެއީ ހައްޖުގެ އަޅުކަމުގައި ހުރެ ﷲ އަށް ދުއާ ދެންނެވުމަށްޓަކައި ފޮތެއް ފޮނުވައި ދިނުމަށެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފު (ބަކާ) މިއަދު ހަވީރު ނިޔާވުމާ އެކު، ދީނީ އިލްމުވެރިޔާ ޑރ. އަލީ ޒާހިރު ސޯޝަލް މީޑީއާ އަށް ދޫކޮށްލެއްވީ އޭނާއާ އެންމެ ފަހުން ކުރި މުއާމަލާތް ފެންނަ މެސެޖެކެވެ. ހައްޖުގެ އަޅުކަމަށް ގޮސް މިނާގައި ހުރެފައި [މި މަހުގެ 14 ވަނަ ދުވަސް] އަލީ ޒާހިރަށް ގުޅައި ބަކާ އެދުނީ އެންމެ ކަމަކަށެވެ. އެއީ ހައްޖުގެ އަޅުކަމުގައި ހުރެ ﷲ އަށް ދުއާ ދެންނެވުމަށްޓަކައި ފޮތެއް ފޮނުވައި ދިނުމަށެވެ.

އެ ފޯނު ބާއްވައި އިރުގަނޑެއް ފަހުން ޝައިހަށް ބަކާ ކުރި މެސުގައި ވެ އެވެ. "ޝައިހު އެ ދުއާ ފޮތް ފޮނުވާލަދެއްޗޭ" އެވެ.

ބަކާ އެދުނު ގޮތަށް ޝައިހުގެ ފަރާތުން ދުއާ ފޮތެއް ވައިބާ ކޮށްދިނެވެ.

"އެ ދުވަހު ފުރަތަމަ އަޅުގަނޑަށް ގުޅާފައި ބުނީ ތިމަންނަ މި ހުރީ ހައްޖަށް އައިސްފައޭ. ޝައިހު ދުއާ ފޮތެއް ފޮނުވައި ދެއްޗޭ. އެހެން ބުނެފައި ދެން އަޅުގަނޑަށް އަނެއްކާ ފޮނުވާފައި އެ އޮތީ ރިމެއިންޑާއެއް. އޭގެ ފަހުން ދުއާ ފޮތް ވައިބާ ކޮށްދިނިން،" އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުގެ މަގާމު ވެސް ފުރުއްވާ ޑރ. އަލީ ޒާހިރު މިރޭ ވިދާޅުވި އެވެ.

ބަކާ، މިނާގައި ހުރެފައި ޝައިހު އަލީ ޒާހިރަށް ފޮނުވި މެސެޖު

ބަކާ، މިނާގައި ހުރެފައި ޝައިހު އަލީ ޒާހިރަށް ފޮނުވި މެސެޖު

އައްޑޫ ހިތަދު އަށް އުފަން، އުމުރުން 38 އަހަރުގެ ބަކާއަކީ މޮޅު ފުޓުބޯޅަ ކުޅުންތެރިއެއް އެކަންޏެއް ނޫނެވެ. މޮޅު މިޑްފީލްޑަރެއް އެކަންޏެއް ވެސް ނޫނެވެ. އެއީ އިސްލާމް ދީނަށް ލޯބިކުރި ޒުވާނެކެވެ. ފަސް ނަމާދަށް ބަރާބަރަށް ރައްކާތެރިވި އެވެ. އޭނާގެ ގާތް މީހުން ބުނާ ގޮތުގައި އެންމެ ނަމާދެއް ވެސް ވައްޓައެއް ނުލަ އެވެ. މިދިޔަ ރޯދަމަހު ވެސް ތަރާވީހު ނަމާދާއި ދަމުނަމާދު ކުރި އެވެ.

"ތަރާވީހު ނަމާދަށް ދިޔައީ އިސްލާމީ މަރުކަޒަށް. ތަރާވީހު ނަމާދަށް ގޮސް އިށީންނަން ބޭނުންކުރި ގޮނޑި މިހާރު ވެސް އިސްލާމީ މަރުކަޒުގައި އެބަހުރި. މުސައްލައެއް ގޮތަށް ވެސް ބޭނުންކުރެވޭ އެ ގޮނޑި ފެންނާނެ އެ ތަނުން މިހާރު ވެސް،" ބަކާއާ ގާތްގުޅެއް އޮންނަ މީހަކު ބުންޏެވެ.

"ދަމުނަމާދަށް ދަނީ ފައިފުހޭ މިސްކިތަށޭ އަޅުގަނޑު ކައިރީގައި ބުނީ. އެއީ އެ މިސްކިތުގައި ކިޔަވާލެއް މާ ރީތި ވެފައި ފަަސޭހަވީމައޭ ބުނީ."

ބަކާ ނިޔާވީ ސައޫދީ ރަސްގެފާނުގެ ހަރަދުގައި މި އަހަރު ރާއްޖެ އިން ހައްޖަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނި، އެ އަޅުކަން އަދާކުރުމަށް ފަހު މާލެ އައި ތަނުން ވަރަށް ގަދައަށް ހުން އައިސް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެނިކޮށް މިއަދު ހަވީރެވެ.

މީޓް ކޮށްލަން ބޭނުން ވެގެން ވަރަށް ގިނައިން ގުޅާނެ. އާންމުކޮށް ބައްދަލު ކުރާނީ ފަތިސް ނަމާދަށް ފަހު. ފަތިސް ކޮށްލައިގެން ދެން ބައްދަލުކޮށް އޭނާއާ އެކު ސައިބޯލަން. ކަމެއް އޮތިއްޔާ އަބަދުވެސް ގުޅާނެ. މާޝާﷲ އާރިފު ވަރަށް ރަނގަޅުވާނެ. ދީނީ ކަންކަމަށް ވަރަށް ލޯބިކުރި،"--- ޑރ. އަލީ ޒާހިރު

އޭނާ ނިޔާވީ ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގައި ކަން މިހާރު ވަނީ ކަށަވަރު ވެފަ އެވެ.

ޑރ. އަލީ ޒާހިރު ވިދާޅުވި ގޮތުގައި، ދޭތެރެދޭތެރެއިން ބަކާ ގުޅަ އެވެ. އަދި ދީނީ މައުލޫމާތު އޮޅުން ފިލުވައި، ވާހަކަ ދައްކަން ބޭނުންވެ ވަރަށް ގިނައިން ބައްދަލުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"މީޓް ކޮށްލަން ބޭނުން ވެގެން ވަރަށް ގިނައިން ގުޅާނެ. އާންމުކޮށް ބައްދަލު ކުރާނީ ފަތިސް ނަމާދަށް ފަހު. ފަތިސް ކޮށްލައިގެން ބައްދަލުކޮށް އޭނާއާ އެކު ސައިބޯލަން. ކަމެއް އޮތިއްޔާ އަބަދުވެސް ގުޅާނެ. މާޝާﷲ އާރިފު ވަރަށް ރަނގަޅުވާނެ. ދީނީ ކަންކަމަށް ވަރަށް ލޯބިކުރި،" ޑރ. އަލީ ޒާހިރު ވިދާޅުވި އެވެ.

ބަކާ އާއި ޑރ. އަލީ ޒާހިރު: ދީނީ މައުލޫމާތު އޮޅުން ފިލުވަން ބަކާ ވަރަށް ގިނައިން ޝައިހުއާ ބައްދަލުކުރޭ.

ބަކާ އާއި ޑރ. އަލީ ޒާހިރު: ދީނީ މައުލޫމާތު އޮޅުން ފިލުވަން ބަކާ ވަރަށް ގިނައިން ޝައިހުއާ ބައްދަލުކުރޭ.

އިއްތިފާގުން ބަކާގެ ކަށުނަމާދު ވެސް އޮތީ މިރޭގެ ފަތިސްނަމާދަށް ފަހު ކަން ޝައިހު ފާހަގަކުރެއްވި އެވެ. ކަށުނަމާދު ބާއްވާނީ އިސްލާމީ މަރުކަޒުގަ އެވެ. ވަޅުލަނީ ގަލޮޅު ސަހަރާގަ އެވެ.

ޑރ. އަލީ ޒާހިރު ވިދާޅުވި ގޮތުގައި މިދިޔަ ރޯދަމަހު ވެސް ބަކާ ފުޓުބޯޅަ ޕްރެކްޓިސް އަށް ވެސް ދިޔައީ ތަރާވީހު ނަމާދު ކޮށްގެންނެވެ.

"އެއީ އެންމެ އިސްކަން ދިން ކަންތައް. ދީނީ ކަންކަން ހޯދައި އުޅޭނެ އަބަދުވެސް،" ޝައިހު ވިދާޅުވި އެވެ.

ބަކާއަކީ ފުޓުބޯޅައިގައި ވެސް ވިދާފައިވާ މޮޅު ތަރިއެކެވެ. އެއާ އެކު، އިސްލާމްދީނަށް ލޯބިކުރި، ދީނީ ކަންކަމަށް އޭނާ ބެހެއްޓި ފަރުވާތެރިކަމުގެ ވާހަކަ އެތައް ބައެއްގެ ދުލުން މިއަދު ދައްކަނީ ހަގީގަތް ފެންނަން ހުރުމުންނެވެ. މިސްކިތުން ފެންނަލެއް ގިނަ ކަމުންނެވެ. ފަސް ނަމާދަށް ރައްކާތެރިވި ވަރު ބޮޑު ކަން އެތައް ބަޔަކަށް ވަނީ ފެނިފަ އެވެ. އެއީ އެތައް ބައެއްގެ ލޯބި ހޯދި އަޚުލާގު ރަނގަޅު ތަރިއެކެވެ.