01 ޖޫން 2018
އެމްޑީޕީގެ ސަރުކާރުގައި ބޭރުގެ ކުންފުންޏަކުން ހުށަހެޅި ބިޔަ އިންވެސްޓްމަންޓެއްގައި ކެސިނޯއެއް އަންނާނެ ކަމަށް ޑރ. އަބްދުލް މަޖީދަށް ފެނިވަޑައިގެންނެވުމުން އެކަން ހުއްޓާލެއްވި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސަރުކާރުގައި ބޭރުގެ ކުންފުންޏަކުން ހުށަހެޅި ބިޔަ އިންވެސްޓްމަންޓެއްގައި ކެސިނޯއެއް އަންނާނެ ކަމަށް ޑރ. އަބްދުލް މަޖީދަށް ފެނިވަޑައިގެންނެވުމުން އެކަން ހުއްޓާލެއްވި ކަމަށް ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ސަރުކާރުގައި އުފެއްދި އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުކަން ފުރަތަމަ ކުރެއްވި ދީނީ އިލްމުވެރިޔާ ޑރ. މަޖީދު އަވަހާރުވުމުގެ ހިތާމާގައި އިސްލާމީ މަރުކަޒުގައި ބޭއްވި ތައުބީންގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، އެ މަޝްރޫއާ ބެހޭ ތަފުސީލް ވަޒީރުންނަށް ދެއްވުމުން އެ މަޝްރޫއުގެ ތެރެއިން ރާއްޖެއަށް އަންނަ އިންވެސްޓްމަންޓްގެ މައިގަނޑު ކަމަކީ ކެސިނޯއެއް ހިންގުން ކަމަށް ކެބިނެޓްގެ ޖަލްސާއެއްގައި ޑރ. މަޖީދު ވިދާޅުވި ކަމަށެވެ.
"އެފަދަ ކަމެއް ދިވެހިރާއްޖޭގައި، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި ހިންގާކަށް ތިމަންނައަކަށް ނުފެނެޔޭ. މުޅި ކެބިނެޓް ވަރަށް ޝައުގުވެރިވެފައި އޮތް ކަމަކަށް، ސާފުކޮށް ކެރިވަޑައިގެން ވިދާޅުވެދެއްވި އެކަން ކުރިޔަށް ނުގެންދަވާށޭ. އަޅުގަނޑުމެން އެންމެން ވެސް އަޑުއެހިން. އެ ވާހަކަ އަޑުއަހައި ހަމައެގޮތަށް ނިންމީ،" ރައީސް މުހައްމަދު ނަޝީދުގެ އަރިސް ވަޒީރެއްގެ ގޮތުގައި ހުންނެވި އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ޑރ. މަޖީދުގެ ބަސްފުޅާ އެއްގޮތަށް އެކަން ނިންމީ އެ މަނިކުފާނަށް ކުރެވޭ އިހުތިރާމެއްގެ ބޮޑުކަމުންނެވެ.
"ގަބޫލުކުރެވެނީ ދީނީ ގޮތުން ދީނީ ނަޒަރުން، އެކަމާ ބެހޭ ގޮތުން ޑރ. މަޖީދު އެއްޗެއް ވިދާޅުވީމަ ދެން އަޅުގަނޑުމެން، ދެން ކެބިނެޓްގައި ބައިވެރިވާ އެއްވެސް މީހެއްގެ ހައިސިއްޔަތެއް ނެތްކަން ދެން އޭގެ މައްޗަށް އިތުރަށް ބަހެއް ބުނާކަށް،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެ މައްސަލައިގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ހެދި ޝިއާރަކާ ވެސް ޑރ. މަޖީދު ހިތްހަމަޖެހިވަޑައިނުގަތުމުން އެކަން ވެސް ނުކުރެއްވި ކަމަށެވެ. އެގޮތުން ޓޫރިޒަމް ޕްރޮމޯޓްކުރަން މިހާރު ވެސް ބޭނުންކުރާ ޝިއާރުގެ ބަދަލުގައި "މޯލްޑިވްސް، މޭޑް އިން ނޭޗާ" ހުށަހެޅުމުން އެ ޝިއާރު ބޭނުން ނުކުރަން ނިންމެވީ ޑރ. މަޖީދު ދެއްވި ލަފާފުޅާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި ތިބި ދުވަސްވަރު ނިންމެވީ ޓޫރިޒަމް އިތުރަށް ޕްރޮމޯޓްކުރުމަށްޓަކައި، ވަރަށް ޒަމާންވެއްޖެޔޭ އެ ޝިއާރު [ސަނީ ސައިޑް އޮފް ލައިފް] ގެންދާތާ، ބަޔަކާ ހަވާލުކޮށްގެން އާ ކުލައެއް އޭގެ ޖެއްސުމަށް. ބޭރުގެ ކޮންސަލްޓެންޓުންތަކެއް އަޅުގަނޑުމެންނަށް ލަފާ ދިނީ އެ ޝިއާރު ބަދަލުކޮށް، މުޅި މަންޒަރު އަލުން ކުރަހާލަން،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެ ޝިއާރުގައި "އަޅުގަނޑުމެން އާއްމުކޮށް ވިސްނާ ވިސްނުމަކުން އެކަމެއް ނުފެނު" ކަމަށެވެ.
"މަޖީދު ވަރަށް ބޮޑަށް ވަކާލާތުކުރެއްވި އެ ބަހުން ދޭހަވާ މާނަ އިސްލާމީ ހަމަތަކާ ނުގުޅޭ ކަމަށް. ގުދުރަތުގެ ނިޔާގެ ތެރެއިން އުފެދުނު އެއްޗަކަށް ދިވެހިރާއްޖެ ފެންނަން އޮތުމުގެ ބަދަލުގައި އޭގެ ޒާތުގައި އަމިއްލައަށް އުފެދުނު އެއްޗެއް ގޮތުގައި މާނަކުރެވޭ ކަމަށް ޑރ. މަޖީދު އަޅުގަނޑުމެންނަށް ލަފާ ދެއްވީ،" އޭނާ ވިދާޅުވި އެވެ.
"އެ ދުވަހު ވެސް އަޅުގަނޑުމެން ޑރ. މަޖީދުގެ ބަސްއެހިން."
އުމުރުން 55 އަހަރުގައި މަޖީދު އަވަހާރަވީ ސްރީ ލަންކާގައި ހުންނަވަނިކޮށް ސްޓްރޯކެއް ޖެހި، ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ.
ޑރ. މަޖީދު އެންމެ ލޯބިކުރެއްވީ އިލްމީ ދިރާސާކުރުމަށް
މަރާ މެދު ވިސްނާ، ދުނިޔެވީ ހަޔާތަކުން ނުފުދޭ!
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި
ރައީސް: ކޯލިޝަންގެ ކާމިޔާބީގެ އެއް ސިއްރަކީ ހުސެއިން
ދޮގު ވާހަކަ ދެއްކި މައްސަލަ ނުބަލަން އެދެން: ނަޝީދު
ނަޝީދާ ގުޅޭގޮތުން ދޮގުވާހަކަ ދެއްކި މައްސަލަ ބަލަނީ
ނަޝީދާ ބެހޭ ގޮތުން ދޮގުވާހަކަ ދެއްކި މީހަކަށް ދައުވާ
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"
ޑރ. ބިލާލް ގެނައުން މަޑު ޖައްސާލުމުން ފާޑުކިޔަނީ
ބިލާލް ގެނައުން، ފިއްތުންތަކާ ގުޅިގެން މަޑުޖައްސާލައިފި