Roadha Mihaaru
ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް

ގުރޫޕްގެ ދެވަނަ އާއެކު ބެލްޖިއަމަށް ޖެހުނީ ފްރާންސް

26 ޖޫން 2024

ސްޓުޓްގާޓް (ޖޫން 26) - ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ނުޖެހި 0-0 އިން އެއްވަރެ، ބެލްޖިއަމް އަށް ގުރޫޕްގެ އެއްވަނަ ގެއްލި، ގަދަ 16 ގައި ވަރުގަދަ ފްރާންސް އާ ވާދަކުރަން ޖެހިއްޖެ އެވެ.

ސްޓުޓްގާޓް (ޖޫން 26) - ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑެއް ނުޖެހި 0-0 އިން އެއްވަރެ، ބެލްޖިއަމް އަށް ގުރޫޕްގެ އެއްވަނަ ގެއްލި، ގަދަ 16 ގައި ވަރުގަދަ ފްރާންސް އާ ވާދަކުރަން ޖެހިއްޖެ އެވެ.

ރޮމޭނިއާ އާއި ސްލޮވާކިއާ މިރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މެޗުގެ 24 ވަނަ މިނިޓުގައި އަންޑްރެއި ޑޫޑާ، ސްލޮވޭނިއާ އަށް ލީޑު ނަގައިިދން ނަމަވެސް އޭގެ 13 މިނިޓު ފަހުން ލިބުނު ޕެނަލްޓީއަކުން ރޮމޭނިއާގެ ރަޒްވާން މެރިން ވަނީ ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

ސްލޮވީނިއާގެ ޑޫޑާ މިރޭގެ މެޗުގައި ކާމިޔާބު ކުރި ލަނޑާ އެކު އޭނާ ވެފައި ވަނީ ދެ މޭޖާ މުބާރާތެއްގައި ސްލޮވީނިއާ އަށް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. މީގެ ކުރިން 2016 ވަނަ އަހަރުގެ ޔޫރޯގައި ވެސް އޭނާ ގޯލު ޖެހި އެވެ.

ގުރޫޕް އީގެ ހަތަރު ޓީމަށް ވެސް ވަނީ ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. އެއްވަނަ ހޯދި ރޮމޭނިއާ އާއި ދެވަނައިގައި ނިންމި ބެލްޖިއަމްގެ އިތުރުން ތިންވަނައިގައި ނިންމި ސްލޮވީނިއާ އަށް ވެސް ދެވަނަ ބުރުން ފުރުސަތު ލިބުނުއިރު، މުބާރާތުން ކެޓީ ޔޫކްރޭނެވެ.

ރޮމޭނިއާ ވަނީ ފުރަތަމަ މެޗުގައި ޔޫކްރޭން ބަލިކޮށްފަ އެވެ. ނަމަވެސް އެ ރޭ ބެލްޖިއަމް ވަނީ ސްލޮވީނިއާ އަތްދަށުވެފަ އެވެ. ބެލްޖިއަމް މޮޅުވީ ދެވަނަ މެޗުގައި ރޮމޭނިއާ އަތުންނެވެ.