Roadha Mihaaru
ޔޫކްރޭނުން ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި

ޔޫކްރޭނުން ނަތީޖާ އަނބުރާލައި މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި

21 ޖޫން 2024

ޑުސެލްޑޯފް (ޖޫން 21) - ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ޔޫކްރޭނުން، ނަތީޖާ އަނބުރާލައި މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޑުސެލްޑޯފް (ޖޫން 21) - ސްލޮވޭކިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ޔޫކްރޭނުން، ނަތީޖާ އަނބުރާލައި މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ޔޫކްރޭނު މެޗުން މޮޅުވުމުން، ގުރޫޕް އީ މިވަނީ ފޯރިގަދަ ވެފަ އެވެ. މި ގުރޫޕްގައި ބެލްޖިއަމް ނޫން އަނެއް ތިން ޓީމު ވެސް ވަނީ ތިން ޕޮއިންޓް ހޯދާފަ އެވެ. މާދަމާ ރޭ ބެލްޖިއަމުން ނުކުންނާނީ ރޮމޭނިއާއާ ދެކޮޅަށެވެ.

ފުރަތަމަ ހާފުގެ ކުރީ ކޮޅު ޖެހި ލަނޑުން، ސްލޮވޭކިއާ އިން ލީޑް ނެގި އެވެ. މެޗުގެ 17 ވަނަ މިނެޓްގައި އިވާން ޝަރަންޒް ލަނޑު ޖެހީ ބޭރު އެއްލުމުން ލުކަސް ހަރާސްލިން، ޔޫކްރޭންގެ އޭރިއާ ތެރެއަށް ނެގި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދާލައިގެންނެވެ.

ލަނޑަށް ފަހު، ޔޫކްރޭންގެ ހަމަލާތައް ދިފާއު ކުރުމަށް، ސްލޮވޭކިއާއިން ޑިފެންސް ކުރަމުން ދިޔައީ ވަރަށް ޑިސިޕްލިންކޮށެވެ. ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްލޮވޭކިއާގެ ކީޕަރު މާޓިން ޑްބްރަވްކާ ރަނގަޅު ސޭވްތަކެއް ކުރި އެވެ.

ސްލޮވޭކިއާއިން ކައުންޓަ އެޓޭކް ފުރުސަތުގައި ހަމަލާ އުފައްދަން މަސައްކަތް ކުރި އެވެ.

އެކަމަކު ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ރަނގަޅަށް ޑިފެންސްކޮށްގެން ކުޅުނު ސްލޮވޭކިއާ އަށް އެ ޑިސިޕްލިންއެއް ނުހިފެއްޓުނެވެ. ޔޫކްރޭންގެ ހަމަލާތައް ވެސް ފެނުނީ ތޫނުކޮށެވެ.

ދެވަނަ ހާފުގެ ފުރަތަމަ 15 މިނެޓް ތެރޭގައި ޝަޕަރެންކޯ ލަނޑު ޖަހައި ޔޫކްރޭނަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. އޭނާ ލަނޑު ޖެހީ އެލްގްޒެންޑާ ޒިންޗެންކޯ ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.

ދެވަނަ ހާފުގައި ޔޫކްރޭންގެ ހަމަލާތައް ފެނުނީ ނުރައްކާ ކޮށެވެ. އެ ޓީމު މަކައިލޯ މުޑްރީކްގެ ދައުރު ހަމަލާތަކުގައި މާ ބޮޑުކޮށް ދެވަނަ ހާފުގައި ފެނުނެވެ.

ކައުންޓަ އެޓޭކުގައި އަބަދުވެސް ނުރައްކާ ޓީމެއްގެ ގޮތުގައި މަޝްހޫރު ވެފައި އޮންނަ ޔޫކްރޭނުން ލީޑް ނެގީ ވެސް އެކަހަލަ ފުރުސަތަކުންނެވެ.

ޝަޕަރެންކޯ ތަނަވަސްކޮށްދިން ބޯޅަ ހިފައިގެން ރޯމަން ޔާރެމްޗުކް އޭރިއާ ތެރެއިން، ކީޕަރު ޑުބްރަވްކާ ވެސް ނައްޓާލުމަށް ފަހު ތިރިތިރިން މަޑުމަޑުން ވޯޅަ ފޮނުވާލި އެވެ. އެ ބޯޅަ ދިފާއުކުރަން ސްލޮވޭކިއާގެ ޑިފެންޑަރު ދިފާއުކުރަން ބޯޅައިގައި ފައިން ޖެހި އެވެ. ނަމަވެސް އޭރު ވެސް ބޯޅަ އޮތީ ގޯލްގެ ލައިން ހުރަސްކޮށްފަ އެވ