Roadha Mihaaru
ޔޫޓިއުބާ ހާލިދު އެހެން މީހަކާ އިންނަނީ

ޔޫޓިއުބާ ހާލިދު، ސަލާމާ ދޫކޮށް އެހެން މީހަކާ އިންނަނީ

29 ޖޫން 2024

މެދުއިރުމަތީގެ މަޝްހޫރު ޔޫޓިއުބާ އަދި ޓިކްޓޮކް އިންފްލުއެންސާ ހާލިދު އަލް އަމޭރީ އޭނާގެ އަންހެނުން ސަލާމާ އާއި ވަކިވެ، އެހެން މީހަކާ އިންނަން އުޅޭކަން ސޯޝަލް މީޑިއާގައި ހާމަކޮށްފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

މެދުއިރުމަތީގެ މަޝްހޫރު ޔޫޓިއުބާ އަދި ޓިކްޓޮކް އިންފްލުއެންސާ ހާލިދު އަލް އަމޭރީ އޭނާގެ އަންހެނުން ސަލާމާ އާއި ވަކިވެ، އެހެން މީހަކާ އިންނަން އުޅޭކަން ސޯޝަލް މީޑިއާގައި ހާމަކޮށްފި އެވެ.

ހާލިދު، 40، މިދިޔަ އަންގާރަ ދުވަހު އިންސްޓަގްރާމް ކުރި ކަޅާއި ހުދުކުލައިގެ ފޮޓޯއިން ފެންނަނީ ދެމީހުންގެ އިނގިލީގައި އަޅާފައިވާ އެންގޭޖުމަންޓް އަންގޮޓިތަކެވެ. އަދި އެ ފޮޓޯގެ ކެޕްޝަނެއްގެ ގޮތުގައި "އަލްހަމްދުލިﷲ" ލިޔެފައިވެ އެވެ.

ހާލިދާއި ސަލާމާ، 37، އަކީ މެދުއިރުމަތީގެ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ލޯބި ހޯދި ޖޯޑެކެވެ.

ހާލިދާއި ސަލާމާ އަކީ ސޯޝަލް މީޑިއާގައި ގިނަ ކޮންޓެންޓުތަކެއް ޕޯސްޓު ކުރަމުން އައި ދެމަފިރިންނެވެ. އެ ދެމަފިރިންގެ އަމިއްލަ ވީލޮގާއި ޔޫޓިއުބް އެކި ވީޑިއޯތަކަށް އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބުނެވެ.

އާއިލާ އަށް އަމާޒުކޮށްގެން ގެނެސްދޭ ކޮންޓެންޓުގެ އިތުރުން ހާލިދު މަޝްހޫރުވެފައި ވަނީ އޭނާގެ ކޮމެޑީ ވީޑިއޯތަކާއި ޓްރެވަލް ވީލޮގްތަކުންނެވެ. އޭނާގެ ވާހަކަ ކިޔައިދިނުމުގެ ސްޓައިލާއި ޝައުގުވެރި ޝަހުސިއްޔަތުގެ ސަބަބުން އޭނާ އަށް ވަނީ އެތައް ގައުމުތަކަކަށް ދަތުރުކޮށް، އެކި ސަގާފަތްތަކާއި ތަޖުރިބާތައް އާންމުންނަށް ދައްކާލަން ފުރުސަތު ލިބިފަ އެވެ.

ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން އެ ދެމަފިރިން ވަރިވިކަން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މީހުންގެ ވަރިއާ ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުން ވެސް ދިޔަ އެވެ.

ހާލިދުގެ އެންމެ ފަހުގެ ޓްރެވަލް ވީލޮގުގައި ދައްކަނީ އޭނާ އިންޑިއާ އަށް ކުރި ދަތުރުގައި އެ ގައުމުގެ ސަގާފަތާއި ކެއުންތަކުގެ ވާހަކަ އެވެ.

ސަލާމާ އަންނަނީ ސްޓައިލްކުރުމާއި ރީތި ކަމަށް ސަމާލުކަންދީގެން ދުވަހުން ދުވަހަށް އޭނާގެ ދިރިއުޅުމުގައި ކުރާ ކަންކަން ހިއްސާކުރަމުންނެވެ. އަދި އޭނާ އަކީ މިހާރު ސްކިންކެއާ ބްރޭންޑް "ޕީސްފުލް"ގެ ފައުންޑަ އަދި ސީއީއޯ އެވެ.

ހާލިދު އާ ކައިވެންޏެއް ކުރަން އުޅޭ ވާހަކަ ޕޯސްޓުކުރުމާ އެކު ސަލާމާ ވަނީ އެ ވީޑިއޯ އަށް ރައްދު ދިނުމުގެ ޒާތަކަށް ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.