Roadha Mihaaru
ސޮހައިލާއި ސީމާގެ 24 އަހަރުވީ ކައިވެނި ނިމުމަކަށް

ސޮހައިލާއި ސީމާގެ 24 އަހަރުވީ ކައިވެނި ނިމުމަކަށް

14 މެއި 2022

ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު ސޮހައިލް ޚާނާއި އޭނާގެ އަނބިމީހާ ސީމާ ސަޗްދޭވް ވަރިވާން ނިންމައިފި އެވެ.

ބޮލީވުޑްގެ އެކްޓަރު އަދި ޕްރޮޑިއުސަރު ސޮހައިލް ޚާނާއި އޭނާގެ އަނބިމީހާ ސީމާ ސަޗްދޭވް ވަރިވާން ނިންމައިފި އެވެ.

ސޮހައިލާއި ސީމާ، އިއްޔެ ވަކިވަކިން ދެ ވެހިކަލްގައި މުމްބާއީގެ ފެމެލީ ކޯޓަށް ވަންނަ މަންޒަރު ވަނީ ފެނިފަ އެވެ.

އެ މީހުން ކޯޓަށް ދިޔައީ، މީގެ 24 އަހަރު ކުރިން ކުރި ކައިވެނި ރޫޅާލަންވެގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސޮހައިލްއާ ސީމާ ކައިވެނިކުރީ 1998 ގަ އެވެ. އެމީހުންގެ ކައިވެންޏަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ 22 އަހަރުގެ ނިރްވާން އާއި 11 އަހަރުގެ ޔޯހަން އެވެ. ކައިވެންޏަށް 13 އަހަރުވީ ފަހުން ދެވަނަ ކުއްޖަކު އެމީހުން ހޯދީ ސަރޮގެސީ މެދުވެރިކޮށެވެ.

ނެޓްފްލިކްސް ސީރީޒް "ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގައި 2020 ވަނަ އަހަރު ސޮހައިލާއި ސީމާ ފެނުނީ ދެ ގެއެއްގައި ދިރިއުޅެނިކޮށެވެ. އެކަމަކު ދެ ކުދިންގެ ކަންކަން އެމީހުން އަންނަނީ ގުޅިގެން ބަލަމުންނެވެ.

ސޮހައިލާއި ސީމާ ދިމާވީ "ޕިޔާރު ކިޔާ ތޯ ޑަރްނާ ކިޔާ" ސޮހައިލް ޑައިރެކްޓްކުރި އިރު ޝޫޓިންގެ ތެރެއިންނެވެ.