Roadha Mihaaru
އޯޝަން ޓީވީ ސްޓޭޝަނަށް ގަދަކަމުން ވަދެ، ވައްކަންކޮށްފި

އޯޝަން ޓީވީ ސްޓޭޝަނަށް ގަދަކަމުން ވަދެ، ވައްކަންކޮށްފި

28 ޖޫން 2024

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ "އޯޝަން ޓީވީ" އަށް މިއަދު ވަދެ، އެ ތަނުން ވައްކަންކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދާފައިވާ "އޯޝަން ޓީވީ" އަށް މިއަދު ވަދެ، އެ ތަނުން ވައްކަންކޮށްފި އެވެ.

އެ ޓީވީ ހިންގުމުގައި އިސްކޮށް އުޅުއްވާ، މާފަންނު މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ ބޮޑު ދޮރުގެ ތަޅަށް އެއްޗެއް ކޮއްޕުމަށް ފަހު، ގްރައުންޑް ފްލޯގައި ހުރި އެ ސްޓޭޝަންގެ ދޮރު ހުޅުވައިގެން ވަގަށް ވަދެފައިވަނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށެވެ.

ސޯޝަލް މީޑިއާގައި ވެސް ދެ ތިން ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ. އޯޝަން ޓީވީއަށް ވަތް ފިރިހެން މީހާގެ މޫނު ވެސް އެ ވީޑިއޯތަކުން ސާފުކޮށް ފެނެ އެވެ.

ބޮންޑެ ވިދާޅުވީ ވަގު ވަތްއިރު އެ ތަނުގެ ތެރޭގައި އެއްވެސް މީހަކު ނެތް ކަމަށެވެ. ނަމަވެސް، ފައިބާ އޮޕްޓިކް ކޭބަލާ އެކު، އިތުރު އެހެން ބައެއް ސާމާނު ވެސް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ގިނަ ތަންތަން ހާވާފައި ހުރީ. ބެލެވެނީ ފައިސާ ހޯދަން ކޮށްފައި ހުރި ކަމެއްގެ ގޮތުގައި،" ބޮންޑެ ވިދާޅުވި އެވެ.

އޯޝަން ޓީވީ ހިންގަނީ، ނަޝީދުގެ އާއިލީ ބޭފުޅެއްގެ ގޭގަ އެވެ.