Roadha Mihaaru
ސައުދީ ސަފީރު ކަމަށް ކަނޑައެޅި ތޯހާ ޕާކިސްތާނަށް

ސައުދީ ސަފީރު ކަމަށް ކަނޑައެޅި ތޯހާ ޕާކިސްތާނަށް ބަދަލު ކުރަން ފާސްކޮށްފި

30 ޖޫން 2024

ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނަށް ބަދަލު ކުރަން މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފައިވާ ނ. ހޮޅުދޫ އުފަންވެލި، ތޯހާ މުހައްމަދު ޕާކިސްތާނަށް ބަދަލު ކުރަން މަޖިލީހުން މިއަދު ފާސް ކޮށްފި އެވެ.

އޭނާ ޕާކިސްތާނު ސަފީރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވި 82 ވޯޓު ދެއްވި އެވެ.

ތޯހާ ސައުދީ ސަފީރު ކަމަށް އައްޔަން ކުރަން ވެސް މަޖިލީހުން މިދިޔަ މަސް ތެރޭގައި ފާސް ކުރި އެވެ.

އެހެން ނަމަވެސް އޭނާއާ އެކު މަޖިލީހުން ރުހުން ދިން އެހެން ސަފީރުންނަށް ރައީސް އޮފީހުން ފަތްކޮޅު އެރުވި އިރު ތޯހާ އެ މަގާމަކަށް އައްޔަން ނުކުރައްވަ އެވެ.

އޭނާ ސައުދީ އަށް އައްޔަން ކުރަން ނިންމުމަށް ފަހު އެ ނިންމުން ބަދަލު ކުރި ސަބަބެއް ސަރުކާރުން އަދި މަޖިލީހުން ވެސް ނުބުނެ އެވެ.